މެރިން އެކްސްޕޯ 2022ގައި ވިލާ ހަކަތައިގެ ސްޓޯލް ހާއްސަކޮށްފައި ވަނީ ޝެލްގެ އުފެއްދުންތައް ޑިސްޕްލޭ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

'ޝެލް'އަކީ އަށްޑިހަ ހާހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ތެޔޮ އުފައްދާ ބޮޑު ކުންފުންޏެކެވެ. ނެދަލޭންޑްސްއަށް ނިސްބަތްވާ މި ކުންފުނީގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓްކުރަނީ ވިލާ ގްރޫޕްގެ ކުޑައިގެ ދަށުގައި ހިމެނޭ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑުންނެވެ.

މި މަހުގެ 11ވަނަ ދުވަހު ފެށި މޯލްޑިވްސް މެރިން އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ. މިއީ ސިލްސިލާކޮށް ބާއްވާ މި އެކްސްޕޯގެ 7ވަނަ އެޑިޝަނެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މެރިން އެކްސްޕޯ މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އައި އެކްސްޕޯ ވަނީ ކޮވިޑް-19އާ ގުޅިގެން އެއް އަހަރު ދުވަހުގެ މެދުކެނޑުމެއް އައިސްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކާމިޔާބުކަމާއިއެކު އެކްސްޕޯ މިވަނީ ފަށާފައެވެ.

https://www.instagram.com/p/ChHO226pz1t/

މި އެކްސްޕޯ އަކީ ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސް އާއި ޑައިވް ބްރޭންޑްތައް ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މެރިން އެކްސްޕޯގެ ލުބްރިކެންޓް ޕާޓްނަރަކީ ވިލާ ހަކަތައެވެ.

މި އެކްސްޕޯގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށްދާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.