މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އައިސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 2ވަނަ އަހަރަކަށް ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ލޭމްޕްގެ ދަށުން ޗީފް އެޑިޔުކޭޝަން ޓެކްނޮލޮޖީ އޮފިސަރގެ މަގާމަށް ހުސެއިން ޝިނާން އައްޔަނުކޮށްފިއެވެ.

އައިސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭނަކީ އައިސީޓީން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 1 ތަންފީޒުކޮށް ނިމުމުން ކުރިއަށް އޮތް 5 އަހަރު މައިގަނޑު 6 ކަމެއްގެ ހާސީލްކުރުމަށް ޔުނެސްކޯ ބެންކޮކް އިން ދެއްވާފައިވާ އިރުޝާދަށް ބަލައި އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ހާސިލް ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019-2023 ތަންފީޒުކުރުމަށް އެހީވުމާއި ހިނގަމުންދާ އައި.ސީ.ޓީ އާ ގުޅޭ މަޝްރޫޢުތައް ފުޅާކުރުމާއި ބެލެނިވެރިކަމުގެ ޖުމްލަ އަގަށް ބެލުން ހިމެނެއެވެ.

އަދި މީގެ އިތުރުން މުދައްރިސުންނަށް ދެވޭ ތަމްރީނުތައް ފަރުމާކުރުމުގައި އެންމެ މުޙިއްމު ބޭނުންތަކަށް އިސްކަން ދިނުމާއި އައި.ސީ.ޓީ ޚިދުމަތްތައް ޝާމިލްކަމާއެކު ދެވޭކަން ޔަޤީންކުރުމުގެ އިތުރުން އައު މާސްޓަރ ޕްލޭންގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްލޭން ހިމެނުން (ޔުނެސްކޯ ބެންކޮކް، 2018) މިއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމޮކޮށްފައުވާ ޕްރޮޖެކްޓެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްސާވެއެވެ.