އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއަށް، އަދި އިންޑިއާގެ އައު ރައީސް ދްރައުޕަތީ މުރްމޫ އަށް މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވަރިފިއެވެ.

މިކަމާ ގުޅިގެން ރައިސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އަބަދުވެސް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުން ބަދަހިވެފައިވާ ކަމަށާއި، މިނިވަންކަމާއި، ކުރިއެރުމާއި، ތަފާތުތަކުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައި އިންޑިއާ ދެމި އޮތުމަކީ، ދިވެހި ސަރުކާރާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމުގައެވެ.

އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެކެވެ. ސަރުކާރުން މިހާރުވެސް އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ގިނަ މަޝްރޫޢުތަކެއް އިންޑިއާގެ އެހީގައި ކުރިޔަށްގެންދެއެވެ.

ރައީސް ސާލިހް މިމަހުގެ 1 ވަނަ ދުވަހު އިންޑިއާ އަށް ކުރި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު 6 އެއްބަސްވުމެއް ހެއްދެވިއެވެ. މިއެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

އަދި، ރައީސް ސާލިހްއާއި ބޮޑުވަޒީރު މޯދީ، މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ މަގުތައް ހެދު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތްވެސް ވަނީ މިތަދުރުފުޅުގެ ތެރެއިން ވަނީ ފައްޓަވައިދެއްވައިފައެވެ.

މި މަޝްރޫއުތަތަކަކީ، އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.