އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރ އަދި ކްލަބް ޕްރީމިއަރ ލައުންޖް އަލުން އަޕްގްރޭޑްކޮށް ކަސްޓަމަރުންނަށް ހުޅުވައިލައިފިއެވެ.

އުރީދޫއިން ބުނީ، އެކުންފުނީގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމަރ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުންކަމަށެެވެ.

ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން ޗީފް ކޮމާރޝަލް އޮފިސަރ، ޙުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމަރ ކެއަރގެ ދިޔާނާ އަފީފްއެވެ.

ޑިޖިޓަލް ސެލްފް ސަރވިސް ޕޯޓަލްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން އަބަދުވެސް ޙާއްސަ އަހައްމިޔަތުކަމެއްދެން. އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ޙިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ

އުރީދޫއިން ބުނީ މާލެއެކޭ އެއްފަދައިން ހިތަދޫގައި ހުޅުވުނު އައު އޯއީސީ އަކީ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ޚިދުމަތްތައް، އަވަސް އަދި ފަސޭހަގޮތެއްގައި ލިބިގެންދާނެ ތަނެއް ކަމަށެވެ.

އަދި ހިތަދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ހިތަދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީމިއަމް ލައުންޖެއްވެސް ގާއިމު ކޮށްފައިވާ ކަމަށާއި، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއަރ ލައުންޖަށް ވެންނެވުމާއިއެކު، ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، އާ އޯއީސީން ވެސް ހިދުމަތް ދޭނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު ނުވަޔަކުން ހަވީރު ހަތަރަކަށް ކަމަށް ވާއިރު، އުރީދޫ އެކްސްޕީރިއަސް ސެންޓަރ ތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އުރީދޫގެ ބިޒްނަސް ޕަރޓްނަރ ފިހާރަތަކުންނާއި، ސޭލްސް ޕަރޓްނަރ ފިހާރަ ތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެއެވެ.