ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލަރ ރަން އްޕްގްރޭޑްކޮށް އައު ކަންތައްތަކާއެކު އުރީދޫ ފަން ރަން އިއުލާންކޮށްފިއެވެ.

23 ޑިސެމްބަރ 2022 ގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން އިއުލާންކޮށްފައިވަނީ މީސް މީޑިއާގައި އުރީދޫއިން ޕޯސްޓްކުރި ކުލަގަދަ އަދި ފޯރިގަދަ ވީޑިއޯ އަކުންނެވެ. އުރީދޫގެ ފޯރިގަދަ ކަލަރ ރަންގެ މަންޒަރުތަކުގެ އިތުރުން ފަން ރަންގެ މަޖާ ހަރަކާތްތައްވެސް ކޮންމެވެސް ވަރަކަށް އެވީޑިއޯއިން އަލިއަޅުވާލައެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމަށް ވެގެންދާނެކަމަށް އުރީދޫން ބުނެެއެވެ.

އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ވިދާޅުވީ، އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އެކުންފުނީގެ ޕްރޮޑަކްޓްތަކާއި، ޚިދުމަތްތަކާއި، އިވެންޓްތައްވެސް ދަނީ އައު ހަރުފަތަކަށްގެން ދިއުމަށް މަސައްކަތްކުރަމުންކަމަށެވެ. އެގޮތުން މިއަދު، މުޖުތަމަޢު އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިޢުލާންކޮށް، ރީލޯންޗްކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށް އުރީދޫން ބުނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ. މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނެކަމަށް އުރީދޫން ބުނެއެެވެ.