ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތި އަގުހެޔޮކޮށްފިއެވެ.

ވިލާ ކުންފުނިން ބުނީ ސިމެންތި އިންމޯޓު ކުރުމަށްޓަކައި ސިމެންތި އުފުލަން ހާއްސަކުރެވިފައިވާ ސިމެންތި ނިއުމެޓިކް ކެރިއަރ އެއް ދިގު މުއްދަތަށް މިހާރު ޗާޓަރ ކޮށްފައިވާ ކަމަށެވެ.

ވީއެޗްޕީއެލްގެ ސޭލްސް މެނޭޖަރ ބާސިލް ނަފީސް ވިދާޅުވީ، ޗާޓަރ ކުރި ބޯޓުގެ ދަތުރުތައް މިހާރު ފަށާފައިވާ ކަމަށާއި، އޮޕަރޭޝަން ކުރިއަރުވައި ހުސްވުމެއް ނެތި ސިމެންތި ގެނައުމަށް ބޯޓުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި، ސިމެންތީގެ އަގު ހެޔޮކުރުމަށް ނިންމީ ކުންފުންޏަށް ލިބެމުންދާ ފައިދާ ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިފަސޭހަތަކާއެކު ރީޓެއިލް އަގުތަކާއި ހޯލްސޭލް އަގުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މިއަހަރުގެ އޭޕްރިލް މަހު ސިމެންތި ބަސްތާއަކުން 160 ރުފިޔާ އާއެކު ޖީއެސްޓީ ހިމަނައިގެން ވިއްކާފައިވާއިރު، މިއަގު ފަހުން ވަނީ ޖީއެސްޓީ ނުލާ 135 ރުފިޔާ ކުޑަކޮށްފައެވެ. މިހާރު ޖީއެސްޓީ ނުލާ 125 ރުފިޔާ އަށް ވިލާ ސިމެންތި ބަސްތާއެއް ލިބޭނެއެވެ.

ރާއްޖޭގައި ވަގުތުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ވިލާ ސިމެންތިއަކީ ރާއްޖެއިން ލިބެން ހުންނަ އެހެން ސިމެންތިއާ ބަލާއިރު ގިނަ ދުވަހަށް ބޭނުންކުރެވޭ ސިމެންތި ބްރޭންޑެކެވެ. މި ސިމެންތި ޕެކްކުރުމަށް ބޭނުންކުރާ ކޮތަޅަކީ ރާއްޖޭގެ މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށް، ފެނާއި އުދާހުން އެތެރޭގައި ހުންނަ ސިމެންތި ރައްކާތެރިކޮށްދޭ ކޮތަޅެކެވެ.

އެހެން ސިމެންތި ބްރޭންޑްތަކާއި ޚިލާފަށް މި ޕެކިންގެ ސަބަބުން ސިމެންތި ގަނޑުވުމުން ސަލާމަތް ކޮށްދެއެވެ.