ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް "ފުޑް އެންޑް ހޮޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2022" އަށް ޒިޔާރާތް ކުރައްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެއަރއަށް ޒިޔާރަތްކުރައްވާ، ރައީސްވަނީ ސްޓޯލްތަކަށް ޒިޔާރަތްކޮށް ޚިދުމަތްތަކާއި އެކި އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިމަހުގެ 28 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއައް ދިޔަ މިފެއަރ އިފްތިތާހު ކޮއްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނިސީމެވެެ.

މި ފެއަރ އަކީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކުން ބައްދަލުވެ، ތަޖުރިބާ ހޯދާ ވިތަފާރީގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފެއަރއެކެވެ.

މިއަހަރުގެ އެފްއެޗްއޭއެމްގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ 80 ރިސޯޓަކުން 700އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެފްއެޗްއޭއެމް އެގްޒިބިޝަންގައި 100 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

އެފްއެޗްއޭއެމްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެގްޒިބިޓަރުންގެ މެދުގައި ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެފްއެޗްއޭއެމް އިން ބުނެއެވެ.

މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ.