އެކްޓަރު އަޔުޝްމާން ކުރާނާގެ ކުރިޔަށްއޮތް ފިލްމު "ޑްރީމް ގާލް 2" ގެ ބަތަލާގެ ރޯލް ކުޅެން ބަތަލާ އަނަންޔާ ޕާންޑޭއަށް ފުރުސަތު ލިބިއްޖެއެވެ.

މިފިލްމަކީ، އެކްޓަރު އަޔުޝްމާން ކުރާނާއާއި ބަތަލާ ނުޝްރަތު ބަޗުރާ ލީޑްއިން ފެނިގެންދިޔަ ފިލްމު "ޑްރީމް ގާލް" ގެ ދެވަނަ ބައެވެ.

ބަތަލާ އަނަންޔާ ޕާންޑޭއާއެކު ފިލްމުން ދެން ފެންނާ އެންމެ މުހިއްމު 2 ތަރިންނަކީ ކޮމެޑީ ރޯލްތަކުން ފެންނަ އެކްޓަރު ޕަރޭޝް ރަވަލްއާއި ބަތަލާ ސީމާ ޕަހްވާއެވެ. މީގެކުރިންވެސް ބަތަލާ ސީމާ ޕަހްވާވަނީ އެކްޓަރު އަޔުޝްމާންއާއެކު 3 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

މިފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު ފިލްމުގެ 2 ވަނަ ބައިން ފެންނާނެ ބަތަލާއަކަށް މީގެކުރިން ބުނަމުންއައީ ޓީވީ ތަރި ތެޖަސްވީ ޕްރަކާސްއެވެ.

ޑައިރެކްޓަރު ރާޖް ސަންދިލްޔާގެ މިފިލްމުގެ މެއިން ލީޑްއިން ބަތަލާ އަނަންޔާއާއެކު ފެނިގެންދާނީ އަޔުޝްމާން ކުރާނާއެވެ. ބަތަލާ އަނަންޔާގެ އެންމެފަހުން ރިލީޒްވެފައިވަނީ ސައުތް އެކްޓަރު ވިޖޭ ދެވެރަކޮންޑާއާއެކު ކުޅެފައިވާ ފިލްމު "ލައިގާ" އެވެ.

އެކްޓަރު އަޔުޝްމާން ކުރާނާގެ އެންމެ ފަހުން ރިލީޒްވެފައިވާ ފިލްމަކީ، މިއަހަރު ރިލީޒްވި ފިލްމު "އަނެކް" އެވެ. އޭނާގެ ކުރިޔަށްހުރި ފިލްމުތަކުގެ ތެރޭގައި "ޑޮކްޓަރު ޖީ" އަދި "އޭން އެކްޝަން ހީރޯ" ނަމަކަށްކިޔާ ފިލްމެއް ހިމެނެއެވެ.