އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ހާއްސަ އެމްފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ.

އުރީދޫއިން ބުނީ، މި އޮފަރގެ ދަށުން، އެމްފައިސާ މެދުވެރިކޮށް ބިލްތައް ދައްކަވާ ފަރާތްތަކަށް އަދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް، އަދަދުގެ 5 އިންސައްތައާއި ހަމައަށް އަނބުރާ އެމްފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށެވެ.

އިއްޔެ ތައާރަފް ކުރެވުނު މި ޚާއްސަ އޮފަރ އާއި އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބިގެންދާނެއެވެ.

ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމްފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހައް އޯޑަރކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފަރ ގެ އުފާ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެއެވެ.

މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު، އެމްފައިސާ އިން ވަނީ ޕާޓްނަރ ވެ، އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވިކަމުގެ އެސްއެމްއެސް އެއް ލިބޭނެއެވެ.

ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އައު ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ހާއްސަ އޮފަރތައް ލިބިގެންދާނެއެވެ.

ބީއެމްއެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.