ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.

ދިރާގުން ބުނީ، ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޯގަސްޓު މަސް ނިމިގެންދިއައިރު ހުރިހާ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ކޯ ޑޭޓާ އެލަވަންސެއް ވާނީ މިމަހުގެ މަހުގެ އެލަވަންސްއާއި އެކު ހިމަނާފަ ކަމަށެވެ.

އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެމަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެއެވެ.

މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

މިއީ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

މި ޚިދުމަތް ތައާރުފު ކޮށްފައިވާނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންއެއް ކުރިއައްދާ ދަނޑިވަޅެއްގައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ.

އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލައްށެވެ. މިމުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

މި ޕރޮމޯޝަންގެ ދަށުން، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށާއި، މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.