އުރީދޫ މޯލްޑިވްސްއިން ތަހަރު ގުނަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، މި އޮފަރ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެކަމަށެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފަރ އާއި އެކު ވަނީ އިތުރަށް ފުރިހަމަވެފައެވެ. ހަމައެއާއެކު އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށް އުރީދޫން ބުނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް

  • އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް 150 ރުފިޔާއަށް ދުވާލަކު 4 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް ދެވޭ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް
  • އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް 500 ރުފިޔާއަށް ދުވާލަކު 5 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް3
  • އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް 750ރުފިޔާއަށް ދުވާލަކު 7 ޖީބީ (2 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 1 ޖީބީ ބޯނަސް ޑޭޓާ + 2 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 2 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އަލަށް ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފަރ ފަރުމާ ކޮށްފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށެވެ.

އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށްގެން ބަހާލާފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.