ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 300 ރުފިޔާއަށް 20ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ލިމިޓަޑް ޓައިމް އެޑް-އޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '20ޖީބީ' ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ނެގޭނެއެވެ. މި އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ.
ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފައެވެ.
އެގޮތުން، ދިރާގު ކޮމްބޯ ޕްލޭންސް އަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
ސަޅި ޕްރީޕެއިޑް ޕްލޭންސްއަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭނާއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
މީގެއިތުރުން މަމެންއަކީ ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި ޕްލޭނެކެވެ. މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނޭގޮތް މަގުފަހިކޮށްދިނުމަށްކަމަށް އެކުންފުނިން ބުނެއެވެ.