ވީޓީވީ އިން ގެނެސްދޭ ވެރައިޓީ ޝޯވ "ވާނުވާ"ގެ އަލަށް ފަށާ ސީޒަންގެ ކޯ-ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

މިއަދު ވީޓީވީގައި އޮތް ރަސްމިއްޔާތެއްގައި ވީޓީވީއާއެކު އެއްބަަސްވުމުގައި ސޮއިކޮށްފައި ވަނީ އައިލެންޑް ޕާފިއުމް ބާރ، ކެފޭ އޭޝިއާނާ އަދި ޕްރޮކިއުއަރ ޕްލަސްއެވެ. މި އެއްބަސްވުންތަކުގައި ވީޓީވީގެ ފަރާތުން ސޮއިކުރެއްވީ ވީޓީވީގެ ސީސީއޯ މުހައްމަދު ޒަހީނެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރއެވެ.

ކެފޭ އޭޝިއާނާއަކީ މާލޭ ސަރަހައްދުގައި ކެއުންބުއިމުގެ ޚިދުމަތް ދިނުމުގައި ނަން މަޝްހޫރު ރެސްޓޯރެންޓެކެވެ.

ޕްރޮކިއުއަރ ޕްލަސްއަކީ ވެސް ނަން ހިނގާ ތަނެކެވެ. އެއީ އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީ އާއި ޕްރިންޓަރާއި ޓޯނާ އާއި ކާޓްރިޖް ފަދަ ތަކެތި ސަޕްލައި ކުރާ ފިހާރައެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ވީޓީވީގެ މޯނިން ޝޯވގެ މުޅިން އާ ސީޒަނެއް ފަށާއިރު މި ފަހަރުގެ ޝޯވ އެހެން ފަހަރަުތަކާ ވަރަށް ތަފާތުވާނެއެވެ. މި ގޮތުން އެންމެ ބޮޑު ތަފާތެއް ފާހަގަވާނީ ޕްރޮގުރާމްގެ ސެޓުންނެވެ.

އަލަށް ފަށާ ވާނުވާ ޝޯވތަކުގައި ފެންނާނެ ހާއްސަ ކަންކަން ޕްރޮޑިޔުސަރުން އަދި ހާމައެއް ނުކުރެއެވެ. އެކަން އިހަށް ބާއްވާފައި އޮތީ ސިއްރެއްގެ ގޮތުގައެވެ.