ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް 20ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ލިމިޓަޑް ޓައިމް އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސްގެ ޒަރިއްޔާއިން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ. އަދި މި މިނީ ޑޭޓާ އެޑްއޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ނެގޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކުރެވިފައެވެ.

އެގޮތުން، ދިރާގު ކޮމްބޯ ޕްލޭންސް އަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސްއަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭނާއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

މީގެއިތުރުން މަމެންއަކީ ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި ޕްލޭނެކެވެ. މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނޭގޮތް މަގުފަހިކޮށްދިނުމަށްކަމަށް އެކުންފުނިން ބުނެއެވެ.