އުރީދޫ މޯލްޑިވްސް އިން، އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް - އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.

16 ސެޕްޓެންބަރު 2022 އިން ފެށިގެން އައިފޯންގެ ދެ މޮޑެލް އަށްވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕްރީ އޯޑަރ ކަސްޓަމަރުންނަށް، އޯޑަރ ކުރެއްވި އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް 23 ސެޕްޓެމްބަރ 2022 އިން ފެށިގެން ލިބެމުންދާނެކަމަށްވެސް އުރީދޫ އިން ބުނެފައިވެއެވެ.

އައިފޯނުގެ މޮޑަލްތަކުގެ އަގުތަކުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް އަދި ޕްރީއޯޑަރ ކޮށްލުމަށް http://ore.do/iphone ޒިޔާރާތްކޮށްލުމަށް އުރީދޫ އިން އެދިފައިވެއެވެ.

އުރީދޫ އިން މޫލީ މެދުވެރިކޮށް ވިއްކަން އިއުލާނުކޮށްފައިވާ އައިފޯން 14 ޕްރޯ މެކްސް އާއި އައިފޯން 14 ޕްރޯގައި ތިން ކުލައެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ޑީޕް ޕާޕަލް އާއި ސްޕޭސް ބްލެކުގެ އިތުރުން ސިލްވާއެވެ. މި ތިން ކުލަވެސް ލިބެން ހުރީ 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ކެޕޭސިޓީ އަކާއިއެކުއެވެ،

އުރީދޫގެ މޫލީ މެދުވެރިކޮށް އައިފޯން ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކަށް، އެ ފޯނުގައި ބޭނުންކުރާ ފުރަތަމަ އުރީދޫ ސިމަކަށް ތިން މަސް ދުވަހުގެ ވެލިޑިޓީ އާއިއެކު 100 ޖީބީ ފްރީ ޑޭޓާ ލިބިގެންދާނެއެވެ.