މާލޭގައި އަވަސް ރައިޑުން ކުރި ދަތުރެކެވެ. އަހަރެން ދާން ބޭނުންވި މަންޒިލަށް ދެވުމާއެކު ޑްރައިވަރ އޭނާގެ ބިޒްނަސް ކާޑު ދިއްކޮށްލިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަތުރެއް ބޭނުންނަމަ އޭނާއަށް އިޝާރާތްވެލުމަށް އެދުނެވެ.
ބިޒްނަސް ކާޑުގައިވާ މައުލޫމާތުތަކުގެ ތެރެއިން އަހަރެންގެ ނަޒަރު އެންމެ ބޮޑަށް އަޅައިގަތީ ޑްރައިވަރުގެ ނަން ކަމަށް ލިޔެފައިވާ ނަމެވެ. އޭގައި ވަނީ "ޑރ. މުޙައްމަދު ޤާބިލް ޕީއެޗްޑީ (Dr. Mohamed Qabil PhD)" މިހެންނެވެ.
ލިބުނު ހައިރާންކަމާއި އުފެދުނު ޝައުގެއްގެ ބޮޑުކަމުން ބޭއިހުތިޔާރުގައި އަހަރެންނަށް އަހާލެވުނެވެ. މިހާ މަތީ ފާހެއް އޮތް އިރުވެސް ޓެކްސީ ކުރައްވަނީތޯއެވެ؟ ޖަވާބުގައި ޤާބިލް ބުންޏެވެ. "ޑރ (Dr)" ގެ މުރާދަކީ ޑްރައިވަރެވެ. "ޑްރައިވަރ (Driver)" ކުރުކޮށް ލިޔުމުން އޮންނާނީ "ޑީއާރް (Dr)" މިހެންނެއެވެ.
އަހަރެން އެހީމެވެ. އެހެންވިއްޔާ ނަމުގެ ފަހަތުގައިވާ ޕީއެޗްޑީ (PhD) ގެ މުރާދަކީ ކޮބައި ހެއްޔެވެ؟
އޭނާ ބުންޏެވެ. އަހަރެން މިއީ ޕްރައިވެޓް ހަޔަރ ޑްރައިވަރެކެވެ. ޕްރައިވެޓް ހަޔަރ ޑްރައިވަރ (Private hire driver) ކުރުކޮށް ލިޔުމުން އޮންނާނީ "ޕީއެޗްޑީ (PhD)" މިހެންނެވެ.
ހަހަހަހަހަހ... މީޓި ސަޅި. އަސްލު މިކަހަލަ ބައެއް ލިއުންތައްވެސް އެބަޖެހޭ ހިމަނަން. ވަރަސް ސަޅި ވަރަށް އުފާވެއްޖެ
އަދި ކިރިޔާ މަޖާ ވާހަކައެއް މި ކިޔުނީ. ޒިދާންގެ ލަވް ސްޓޯރީތައް ވަރަށް މިސް
ހީނހީނ ހަލާކު. ޒިދާން މި ވާހަކަ ގެނެސްދީފައިވާ ގޮތް ވަރަށް ފުރިހަމަ.