(ބޭންކް އޮފް މޯލްޑިވްސް) ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސަރ ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 21 ސެޕްޓެންބަރު އިން ފެށިގެން 21 ޑިސެންބަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކަކީ، ކޮންމެ ދެހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ، އަދި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުން، ލަގްޒަރީ ރިސޯޓަކުން ދެމީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެކެވެ.

މި ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

ޑޮލަރު އެކައުންޓް މެދުވެރިކޮށް ދޭ، މި ހިދުމަތުގެ ސަބަބުން ކުޑަ ހަރަދެއްގައި ބޭރުގެ ބޭންކްތަކާ އެކު ފައިސާގެ މުއާމަލާތު ކުރެވޭނެއެވެ.

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް އެކައުންޓުން ދުވާލަކަށް 3،000 ޑޮލަރު ފޮނުވޭނެއެވެ.

50 ޑޮލަރާއި 500 ޑޮލަރާއި ދެމެދުގެ އަދަދެއް ފޮނުވާ ނަމަ ފަސް ޑޮލަރުގެ ފީ އެއް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތުން ނަގާނެއެވެ. އަދި 500 ޑޮލަރާއި 1،000 ޑޮލަރާއި ދެމެދުގެ އަދަދެއް ފޮނުވާ ނަމަ އަށް ޑޮލަރު، 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވާ ނަމަ 12 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެއެވެ.