ވީޓީވީ އިން ގެނެސްދޭ ވެރައިޓީ ޝޯވ "ވާނުވާ"ގެ އަލަށް ފަށާ ސީޒަންގެ ކޯ-ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

ވީޓީވީގައި އޮތް ރަސްމިއްޔާތެއްގައި ވީޓީވީއާއެކު އެއްބަަސްވުމުގައި ސޮއިކޮށްފައި ވަނީ އައިލެންޑް ޕާފިއުމް ބާރ، ކެފޭ އޭޝިއާނާ އަދި ޕްރޮކިއުއަރ ޕްލަސްއެވެ. މި އެއްބަސްވުންތަކުގައި ވީޓީވީގެ ފަރާތުން ސޮއިކުރެއްވީ ވީޓީވީގެ ސީސީއޯ މުހައްމަދު ޒަހީނެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރއެވެ.

ވާނުވާ ޕްރޮގުރާމްގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކެފޭ އޭޝިއާނާއަކީ މާލޭ ސަރަހައްދުގައި ކެއުންބުއިމުގެ ޚިދުމަތް ދިނުމުގައި ނަން މަޝްހޫރު ރެސްޓޯރެންޓެކެވެ.

ޕްރޮކިއުއަރ ޕްލަސްއަކީވެސް ނަންހިނގާ ތަނެކެވެ. އެއީ އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީ އާއި ޕްރިންޓަރާއި ޓޯނާ އާއި ކާޓްރިޖް ފަދަ ތަކެތި ސަޕްލައި ކުރާ ފިހާރައެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ވީޓީވީގެ މޯނިން ޝޯވގެ މުޅިން އާ ސީޒަނެއް ފަށާއިރު މި ފަހަރުގެ ޝޯވ އެހެން ފަހަރުތަކާ ވަރަށް ތަފާތުވާނެއެވެ. މިގޮތުން އެންމެ ބޮޑު ތަފާތެއް ފާހަގަވާނީ ޕްރޮގުރާމްގެ ސެޓުންނެވެ.

ވާނުވާ ޕްރޮގުރާމްގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަލަށް ފަށާ ވާނުވާ ޝޯވތަކުގައި ފެންނާނެ ހާއްސަ ކަންކަން ޕްރޮޑިޔުސަރުން އަދި ހާމައެއް ނުކުރެއެވެ. އެކަން އިހަށް ބާއްވާފައި އޮތީ ސިއްރެއްގެ ގޮތުގައެވެ.

މި ޕްރޮގުރާމްގެ ސްޕޮންސަރުން ފާހަގަކުރި ގޮތުގައި، ވާނުވާ ޝޯވ ސްޕޮންސަރކުރީ މީގެ ކުރިން މި ޝޯވއަށް ބޮޑު ތަރުޚީބެއް ލިބިފައިވާތީއާއެކު އެ ފަރާތްތަކުގެ ވިޔަފާރީ މި ޝޯވގެ ސަބަބުން ބޯސްޓްވެގެން ދާނެތީއެވެ. އަދި ވާނުވާ ޝޯވގެ ތަފާތު ކޮންސެޕްޓަކީ ބެލުންތެރިން ޝައުގުވެރިވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓަކަށް ވާތީ ޕްރޮގުރާމަށް ސްޕޮންސަރ ދިނުމުގެ ޝައުގުވެރިކަން އުފެދުނީކަން ވެސް އެ ވިޔަފާރިތަކުން ފާހަގަކުރެއެވެ.

ވާނުވާ ޝޯވއަކީ މި ފަހުން ޓީވީއަކުން ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގުރާމަށް ވާނެ ކަމަށް ވީޓީވީން ޔަގީންކަން ދެއެވެ.

ވާނުވާ ޕްރޮގުރާމްގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބެލުންތެރިންނާ ހަމަައަށް ތަފާތު ކޮންސެޕްޓްތަކުގެ ތަފާތު ރަހަތަކުގެ ޕްރޮގުރާމްތައެް ގެނެސްދޭ ވީޓީވީއަކީ ހުއްޓުމެއް ނެތި ޚިދުމަތްދެމުން އަންނަ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ޓީވީ ޗެޗަލްއެވެ.

ބެލުންތެރިން ހިތްޕުޅާވާނެ ގިނަ ޕްރޮގުރާމްތަކެއް އުފެއްދުމަށް ވީޓީވީގެ ޕްރޮގުރާމް ޑީޕާޓްމެންޓާއި ނިއުސްރޫމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.