ދިރާގުގެ 'ސަޅި ވީކްލީ' ޕްލޭނާއިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 4 ޖީބީ އެންމެ 145 ރުފިޔާއަށް ލިބޭ ހާއްސަ ޕްކޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްލޭންގެ ދަށުން އެއް ހަފްތާއަށް ކޮންމެ ދުވަހަކު 4 ޖީބީ (ޖުމްލަ 28ޖީބީ) ހޯދުމުގެ ފުރުޞަތު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސްގެ ޒަރިއްޔާއިން މި ޕްލޭން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުންވެސް ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފައެވެ. އެގޮތުން، ދިރާގު ކޮމްބޯ ޕްލޭންސް، ސަޅި ޕްރީޕެއިޑް ޕްލޭންސް އަދި ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މަމެން ޕްލޭން ހިމެނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.