ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ )ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް މ. މާފުށީގެ މަރްޔަމް ޝަފީގު އައްޔަން ކުރައްވައިފިއެވެ.

މަރްޔަމް ޝަފީގް އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެމަގާމް ފުރުއްވަމުން ގެންދެވި އައްޒާމް ވަޖީހު އިސްތިއުފާ ދެއްވާފައި ވާތީއެވެ.

މަރްޔަމް ޝަފީގް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

މީގެ ކުރިންވެސް އޭނާ ވަނީ އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާއި އެ އިދާރާގެ އިސް މަގާމުތަކާއި، ސިއްހީ ދާއިރާއާއި އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ.

މަރްޔަމް ޝަފީގް ކުރިން ހުންނެވީ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައެވެ.