އިންސާނާގެ ނަަފްސު ވެއްޓިދާނެ ހުރިހައި ކަމަކުން ރައްކާތެރި ވާން ވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައި ވަނީ "ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުން" މި މަޢުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނެފައިވަނީ، އިންސާނާ އެނާގެ ނަފްސު އެއްވެސް ނުރައްކަލެއްގެ ތެރެއަށް އެއްލައިލުން، ނަހީ ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށެވެ. އަދި މީސްތަކުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކު ތެރެޔަށް އެއްލައި ނުލުމަށާ އިންސާނާގެ ނަފްސަށް ރައްކާތެރިކަން ލިބޭނެ ހުރިހައި ވަސީލަތެއް މި ދުނިޔެމަތީގައި މާތްﷲ ލައްވާފައިވާ ކަންވެސް ހުތަބާގައި ފާހަގަކޮށްފައިވެއެވެ.
ސަލާމަތުގެ ސަބަބުތަކާ މެދު ވަރަށް ގިނަ ބަޔަކު އިހުމާލުވެފައިވާކަން ފާހަގަ ކުރައްވާ ޙުތުބާގައި ބުނީ، ފަހަކަށް އައިސް ގޯތި ގެދޮރު އިމާރާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން، އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވެއްޓޭ ތަކެތިން ޖެހި، މީހުންގެ ފުރާނައަށާއި، ތަކެއްޗައް ގެއްލުން ލިބި، ވަރައް ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން އިމާރާތް ކުރުމުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އަލިފާން ނިއްވާ ވަސީލަތްތަކާއި، ކަރަންޓާއި، ފެނާއި، ގޭހާއި އަދި މިނޫވެސް ވަސީލަތްތަކަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭނުންކުރެވޭ ވަސީލތްތައް ކަމުގައި ހަދަންޖެހޭނެ ކަމަށް ހުތުބާގައި ބުނެއެވެ.
މީގެއިތުރުން، މަގުމަތީގައި ހިނގާ މީހުންނަށަށާއި، ދުއްވާ އެއްޗެއްސަށް ގެއްލުންވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށް މަގުމަތި ސާފު ކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އަންޖެހޭ ފިޔަވަޅެއް ކަމަށް ހުތުބާގައި ބުނެއެވެ. އަދި އެއީ އީމާންކަން ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެއެވެ.
އެހެންކަމުން ހުތުބާގައި ބުނީ، ސަލާމަތީ ސަބަބުތަކުގައި ހިފައި، މުދަލަށާއި ފުރާނައަށް ލިބިގެންނާނެ ގެއްލުންތަކުން ސަލާމަތް ވުމަށް އެދި، މާތްﷲގެ ހަޟްރަތުގައި މިފަދަ ޛިކުރުތަކާއި، ދުއާތައް ދެންނެވުމުގައި ދެމިތިބެން ޖެހޭނެ ކަމަށެވެ.