ވިލާ ގްރޫޕްގެ ދަށުން ހިންގާ ހޯލްސޭލް/ ރީޓެއިލް ކުންފުނި ވިލާ ޓްރޭޑިންގ އިން ފޯރިގަދަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް އޮތީ މާލޭގެ އިރުމަތީ ބިތުގައި އޮންނަ އުސްފަސްގަނޑު ހެލިޕެޑް ސަރަހައްދުގައެވެ. މި ހަރަކާތަކީ ވިލާ ޓްރޭޑިންގގެ ދަށުން ހިންގާ ވިލާ މާޓްތަކުގައި ވިއްކާ ތަކެތި ޕްރޮމޯޓްކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހަވީރު 04:00 އިން 06:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިންނަށް ވިލާ މާޓުން ވިއްކާ އެކްސްކުލީސިވް ޕްރޮޑަކްޓްތައް ހަދިޔާގެ ގޮތުގައި ވަނީ ދީފައެވެ. އަދި އާއިލާތަަކަށް އެ ޕްރޮޑަކްޓަކާއި ގުޅޭ މައުލޫމާތު އެ ތަނުގައި ހުރި ސްޓޯލްތަކުން ދީފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޝައުގުވެރި ގޭމްތަކެއް ކުޅެ ހަދިޔާ ހޯދުމުގެ ފުރުސަތު ދީފައި ވެއެވެ.

ވިލާ ޓްރޭޑިންގއަކީ މީގެ ކުރިން ވެސް މިފަދަ ހަރަކާތްތައް ބާއްވާފައިވާ ކުންފުންޏެކެވެ. ވިލާ މާޓްގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމަށް ޓޭސްޓިން އިވެންޓްތަކެއް ވެސް މާލޭ ސަރަހައްދުގައި ބާއްވާފައި ވެއެވެ.

ވިލާ ޓްރޭޑިންގެ ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ: ޒިދާން މުޙައްމަދު/ ވީނިއުސް

ވިލާ މާޓްގައި ވިއްކަން ހުރި ފާހަގަކޮށްލެވޭ ހާއްސަ އެކްސްކްލޫސިވް އައިޓަމްތަކުގެ ތެރޭގައި، މެދުއިރުމަތީ ގައުމުތަކުގައިވާ އެއް ނަންބަރު ޑެއިރީ ސަޕްލަޔަރ އަލްމަރައިގެ އުފެއްދުންތަކުގެ އިތުރުން ރާއްޖޭގެ މާކެޓަށް އައު ވައްތަރެއްގެ ޗޮކްލެޓެއް ކަމަށްވާ "ޓޯނީޒް" އަދި "ރޯސްޓަރ" ބްރޭންޑް ލުއިކާނާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "އެޓީ" ފަދަ ބްރޭންޑްތަައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ވެސް ފާހަގަކޮށްލެވެއެވެ. ބޮބްސް ރެޑް މިލްއަކީ ގުދުރަތީ، ސެޓިފައިޑް އޯގަނިކް އަދި ގްލޫޓަން ފްރީ މިލިޑް ގްރެއިންގެ ބާވަތްތައް އުފައްދާ ޒަމާންވީ ކުންފުންޏެކެވެ. އެމެރިކާ ސަރަހައްދުގައި މި ބްރޭންޑްގެ އުފެއްދުންތައް ވަރަށް ބޮޑަށް މަގުބޫލުއިރު، ވިލާ މާޓްއަކީ މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރއެވެ. އެގޮތުން މި ބްރޭންޑްގެ ވަރަށް ގިނަ ހޮޓް ސީރިއަލްގެ ބާވަތްތަކާއި އޯޓްމީލް ޗޮއިސްތައް ވިލާ މާޓުން ލިބޭނެއެވެ

ވިލާ މާޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެއެވެ. އަދި ވިލާ މާޓްގެ ފިހާރަތަކުގައި ވިލާ ޓްރޭޑިންގެ އަމިއްލަ ޕްރޮޑަކްޓްތައްވެސް ލިބެން ހުންނާނެއެވެ.

ފަރީދީ މަގުގައި ހުޅުވާފައިވާ ވިލާމާޓްގެ އައުޓްލެޓް

މީގެއިތުރުން އެހެން ފިހާރަތަކުން ނުލިބޭ ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލް ވެސް ކޮށްދެއެވެ.

"ވިލާ މާޓް"ގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގު ފެންޓަސީ ކައިރީގައެވެ. އަދި ދެވަނަ ފިހާރައެއް ހުޅުވާފައި ވަނީ މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިންނެވެ. ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ހުންނާނެއެވެ. ހުޅުމާލޭ އުތުރު އަވަށުގައި ރައްކުލައިގައި ހުންނަ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ވެސް ވިލާ މާޓެއް ހުންނާނެއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މާލެ އަދި ހުޅުމާލޭގައި ނަމަ ސީދާ ގެއަށް ޑެލިވަރީވެސް ކޮށްދޭނެއެވެ. އަތޮޅު ތެރޭގައި ދިރިއުޅުއްވާ ނަމަ ބޯޓާ ހަމައަށް ތަކެތި ގެންގޮސްދިނުމުގެ ޚިދުމަތް ވިލާ މާޓުން ފޯރުކޮށްދޭނެއެވެ.