ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް މަސްވެރިކަމަށް ކޮށްފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެމްބަރު ގާސިމް މިފަދައިން ވިދާޅުވީ މަސްވެރިން ބާނާމަސް ނުކިރުމާއި، މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމާއި، މަސްވެރިން ބާނާމަސް އަގު ނުލިބި ބަހާލަންޖެހޭތީ މިހާރުން މިހާރަށް މިކަންކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސައަށް ބަހުސްކުރައްވަމުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ވިޔަފާރިއަށް ވަދެވަޑައިގަތީ ރައީސް މައުމޫންގެ ޒަޢާމަތުގައި ކުރެއްވި އިއުލާނަކާ ގުޅިގެން ކަމަށެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް އެމަނިކުފާނު ކުރައްވާފައިވާކަން ފާހަގަކުރައްވާ ގާސިމް ވަނީ ސަރުކާރުތަކުން މަސްވެރިކަމުގެ އުސޫލުތައް ދޫކުރުމަށްފަހު އިތުރު ގޮތްތަކެއް ހޯދުމުގެ ނަތީޖާއަކަށްވީ މަސްވެރިންނަށް ވައުދުވާ ގޮތަށް ކަންތައްތައް ނުދިޔުން ކަމަށް ވިދާޅުވެފައެވެ.

ސަބަބަކަށްވަނީ މަސްވެރިކަމުން ކަޅުބިލަ މަސްވެރިކަމުން ލިބެނީ ވަރަށް ބޮޑު ގެއްލުމަކަށްވާތީ. ރައްޔިތުންގެ ފާއިދާއަށްޓަކައި އަބަދުވެސް މިފްކޯއިން މަސް ގަންނަމުން އައި ގެއްލުމުގަ. ވަރަށް ބޮޑެތި ގެއްލުމުގަ. މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑެތި ތަކްލީފްތަކެއް ދިމާވޭ މަސްވެރިންނަށްވީ ވައުދު ފުއްދުމުގަ. ކޮވިޑާއި ގުޅިގެން ދިމާވި ކަންތައްތައް އަޅުގަނޑުމެން މިދަނީ ތަހައްމަލްކުރަމުން."
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

މެމްބަރު ގާސިމް ވަނީ ތެލުގެ އަގަށް ބޮޑެތި ބަދަލުތައް އައީ ރަޝިޔާ- ޔުކްރެއިން ހަނގުރާމާއިގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތަށް އިންވެސްޓްމަންޓް ނުކުރެވިގެން އުޅެނީ ފައިސާ ނެތިގެން ކަމަށާއި ވަކި ބަޔަކު ބަދުނާމު ކުރުމުގެ ބަދަލުގަ ކަންކަން ހައްލުވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް މެމްބަރު ގާސިމް ވިދާޅުވިއެވެ.