ޓްރީ ޓޮޕް ހޮސްޕިޓަލުން ތެލެސީމިއާ ޕެކޭޖު ތައާރަފްކޮށްފިއެވެ.

ތެލެސީމިއާ ބައްޔަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ބައްޔެކެވެ. މި ބައްޔަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ތެލެސީމިއާ ޕެކޭޖުން ލިބޭ ހިދުމަތްތަކަކީ، ތެލެސީމިއާ ސްކްރީނިން އަދި ތެލެސީމިއާ ޗެކް-އަޕްއެވެ.

ތެލެސީމިއާ ސްކްރީނިން ޚިދުމަތް ހާއްސަ ކޮށްފައިވަނީ ތެލެސީމިއާ ޓެސްޓު އަލަށް ހަދަން ބޭނުންވާ މީހުންނަށެވެ. ކުރީބައިގައި ސްކްރީން ކުރުމަކީ ތެލެސީމިއާ ބަލި ހުރިތޯ ބެލުމަށް މުހިންމުކަމެކެވެ. އާއިލާއެއް ފެށުމަށް ތައްޔާރުވަމުންދާއިރު ތެލެސީމާއާ ސްކްރީން ކުރުމަކީ ވަރަށް އެދެވޭ ކަމެކެވެ.

ތެލެސީމިއާ ޗެކް-އަޕްގެ ޚިދުމަތަކީ ތެލެސީމިއާ ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ ޚިދުމަތެކެވެ.

މި ޚިދުމަތްތަކުގެގެ އިތުރުން، ތެލެސީމިއާ ހުންނަށް މީހުންނަށް، އަޔަން ކިލޭޝަން ތެރަޕީ އިތުރު ހިދުމަތްތެއް ގޮތުގައި ފޯރުކޮށްދެއެވެ. .އަޔަން ކިލޭޝަން އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހަށިގަނޑުގައި އިތުރަށްވެފައި ހުރި އަޔަން ބޭރުކުރުމަށް ދެވޭ ފަރުވާއެކެވެ.

ތެލެސީމިއާކީ ދަތި އުދަގޫތަކާއި ކުރިމަތިވުން ގާތް ބައްޔެކެވެ. ބަލިން ރައްކާތެރި ވެވޭނޭ ގޮތްތައް އޮޅުން ފިލުވައި ސްކްރީންކުރުމަކީ މުހިންމުކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.