"ރަންދިހަފަހެއް" ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާގެގެ ނޫޓު އަލުން ޗާޕުކޮށް އައު ސްޓޮކް ގެނެސްފިއެވެ.
ދިވެހި މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކުރި އިއުލާނެއްގައި ބުނީ 50 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނެސް 25 ސެޕްޓެމްބަރުގައި ދައުލަތުގެ ޚަޒާނާގައި ވަނީ ރައްކާކޮށްފައި ކަމަށެވެ.
އަލުން ޗާޕުކޮށްގެން ގެނައީ ކިހާ ފައިސާއެއް ކަމެއް އެއޮތޯރިޓީއަކުން ނުބުނެއެވެ. ނަމަވެސް ފައިސާ ޗަޕުކުރީ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް އެއޮތޯރިޓީއިން ވަނީ ބުނެފައެވެ.
ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓު ބޭނުންކުރުން ހުއްޓާލައި، ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު "ރަންދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓު ބޭނުންކުރަން ފެށީ 26 ޖަނަވަރީ 2016ގައެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، ޕޮލިމާ ކަރުދާހުގައި ހަދާފައިވާ "ރަންދިހަފަހެއް" ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓެވެ.
ދިވެހި ރުފިޔާގެ އައު ނޫޓު ސީރީޒްގެ ނޫޓުތަކަކީ ކުރިން ބޭނުންކުރި ނޫޓު ސީރީޒްތަކުގެ ނޫޓުތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓުތަކެކެވެ. މި ނޫޓުތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓުގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ.
"ރަންދިހަފަހެއް"ގެ ނޫޓު ސީރީޒްގެ ނޫޓުތަކަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ވެސް ނޫޓުތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓުތަކެކެވެ.
23 އަަށް ބަހާނެ އެތިކޮޅެއް ހޯދަނީބާ؟
އަނެއްފަހަރު ފައިސާތަކެއް ޗާޕުކޮށްލީ؟ މިދެން ބޮޑުވަރެއްނު. ބަލަގަ ރާއްޖެ ދުވަސްދަނީނު މިއޮށްގެން!!!!
ބަަހާނެ ފައިސާ ކޮޅެއް އަނެއްކާވެސް ޗާޕްކޮށްލީ ދޮތަ؟ ސާބަހޭ ގައުމަށް ކޮންމެ ގޮތެއްވިޔަސް ބަލާނެ ކަމެް ނެތް. އެއްމެން ޖީބުތައް ފުރާލާ
އަނެއްކާ ފައިސާތަކެއް ޗާޕްކޮސްގެން ގެނައީދޯ. ހެޔޮނވާނެ ރާއްޖެ މިއޮށް ފުނޑި ދަރަނިވެރިވެ ނިމެނީ. އަމިއްލަ އެދުން ދޫކޮށް މިރާއްޖެ ސަލާމަތް ކުރެވޭތޯ ބަލާކަށް ނުވޭތަ