އިންޑިއާ އިން މާލެ ދަތުރުކުރަމުން އައި ބޯޓެއް އަޑިއަށް ގޮސް، ގެއްލިގެން ހޯދަމުންދިޔަ އެ ބޯޓުގެ ފަޅުވެރިޔާ ފެނިއްޖެއެވެ.
އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، މި ބޯޓު އަޑިއަށް ގޮސްފައިވަނީ ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުންނެވެ.
އަޑިޔަށް ދިޔަ އެ ބޯޓަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑިއާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ.
އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.
މި ބޯޓުގައި ޖުމްލަ 7 ފަޅުވެރިން ތިބިއިރު، އެމްއެންޑީއެފް އިންވަނީ އެ ބޯޓުން ދަތުރުކުރި 6 މީހަކު ފެނިފައިވާ ކަމަށާއި، އެ ހަ މީހުން ކަނޑުވެފައި ވަނިކޮށް، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ސަލާމަތް ކޮށްފައިވާ ކަމަށް އަދި އޭގެއިން އެކަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެރޭ 19:08 ހާއިރު މީޑިއާ ތަކާއި ހިއްސާކޮށްފައެވެ. އަދި އެ ބޯޓުން ގެއްލުނު މީހާ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް 17:25 ހާއިރު ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ބޯޓު އަޑިއަށް ދިޔަކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ހާއިރުއެވެ.