ސިނާޢީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކ. ތިލަފުށީގެ ޖަނެރޭޓިންގ ކެޕޭސިޓީ އިތުރުކޮށްފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ކުރި ޓްވީޓްގައި ވަނީ، ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކ. ތިލަފުށީގެ ޖަނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ބަހައްޓައި، މިހާރު ވަނީ ކޮމިޝަންކޮށް ހިދުމަތްދޭން ފަށާފައި ކަމަށެވެ. އަދި މި ޖަނަރޭޓަރު ސެޓާއި އެކީ ތިލަފުށީގެ ޖުމްލަ ކަރަންޓުގެ ކެޕޭސިޓީ ވަނީ 3.4 މެގަވޮޓަށް އިތުރު ކުރެވިފައި ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
ތިލަފުއްޓަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށަކަށްވުމާއެކު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ސްޓެލްކޯ އިން އަންނަނީ ހަމަޖައްސަމުންނެވެ.
ތިލަފުށީގައި ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ބޯޓު ބަނުމުގެ މަސައްކަތްތަކާއި ކުނި ނައްތާލުމުގެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމުގެ މައްސައްކަތްތަކުގެ އިތުރަށްވެސް އެހެނިހެން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.