ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ ކުރިން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ޖާގަ ހޯދައިފިއެވެ.

ހޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީންނާއެކު ބަތަލާ ދީޕިކާ ހިމެނިފައިވަނީ މިލިސްޓުގެ 10 މީހުންގެ ތެރޭގައެވެ.

ހޮލީވުޑްގެ ފަންނާނުންކަމަށްވާ ބެލާ ހަދީދްއާއި ކިމް ކާޑޭޝިއަން، ބިޔޯންސޭ އަދި އަރިއާނާ ގްރާންޑޭވެސް މިލިސްޓުގައި ހިމެނެއެވެ.

ބަތަލާ ދިޕިކާއަށް މިލިސްޓުގެ ނުވަވަނައިން ޖާގަ ލިބުނުއިރު ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ހޮލީވުޑްގެ ބަތަލާ ޖޯޑީ ކަމާއަށެވެ. ބަތަލާ ޖޯޑީއަށް އެއްވަނަ ލިބިފައިވަނީ 98.7 ޕަސެންޓް ލިބިގެންނެވެ.

ބަތަލާ ދީޕިކާއަށް ލިސްޓުގެ ނުވަވަނަ ލިބިފައިވަނީ މިސާވޭގައި ހިމެނޭ ސައިންޓިސްޓް ބޭނުންކޮށްފައިވާ ގްރީސްގެ ޓެކްނިކް "ގޯލްޑަން ރޭޝިއޯ އޮފް ބިއުޓީ" ތިއަރީގެ އަލީގައެވެ.

ލިސްޓުގެ އެއްވަނަ ހޮވުމަށް ޕްލާސްޓިކް ސާޖަން ޑރ. ޖޫލިއަން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ލިސްޓުގައި ހިމެނޭ ސެލެބްރިޓީންގެ މޫނުގެ ބައްޓަން ހިމެނޭގޮތަށް މައިގަނޑު 12 ކަންތައްތައް ހިމެނެއެވެ. އޭގެތެރޭގައި ލޮލާއި، ނޭފަތާއި އަދި ދަތްދޮޅީގެ ބައްޓަން ހިމެނެއެވެ.

މީގެއިތުރުން ވަނަ ހޮވުމުގައި ހިސާބު ޢިލްމު ބޭނުންކޮށްފައި ވާނެކަމަށްވެސް މިރިސާޗް ނެރެފައިވާ ފަރާތްތަކުންވަނީ ބުނެފައެވެ.

އަބަދުވެސް ބަތަލާ ދީޕިކާގެ ރީތިކަމަށް ތައުރީފު އޮހެމުން އަންނައިރު މިލިސްޓުން ޖާގަ ހޯދި ހަމައެކަނި އިންޑިއާއަށް ނިސްބަތްވާ ފަރާތަކީވެސް ދީޕިކާއެވެ.

އިންޑިއާގެ އިތުރުން ޔޫރަޕްގެ ވަރަށް މަޝްހޫރު ބްރޭންޑްތައް އިޝްތިހާރުކުރުމުގެ ފުރުޞަތުވެސް ދީޕިކާއަށް އަންނަނީ ލިބެމުންނެވެ. އޭގެތެރޭގައި ޓިސޮޓް، މޭބެލައިން، ކޮކާ ކޯލާ އަދި ލޯރިއަލް ޕެރިސް ހިމެނެއެވެ.

މީގެއިތުރުން ފްރާންސްގެ އެންމެ ދުވަސްވީ ،އެންމެ މަޝްހޫރު ބްރޭންޑް ލުއީ ވިޓޮންގެ ކުންފުންޏަށް ކެމްޕޭންކުރުމުގެ ފުރުޞަތު ލިބުނު ފުރަތަމަ އިންޑިއާ އާޓިސްޓަކީވެސް ބަތަލާ ދީޕިކާ ޕަދްކޯންއެވެ.