ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން އައްޑޫގައި ބޭއްވި "ޑްރޯންސް ފޯ ރެޒިލިއެންސް" ޕްރޮޖެކްޓް ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކޮށް އެކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ހަފުލާގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ދިރާގުގެ އިސްވެރިންވެސް ބައިވެރިވެޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓަކީ، ރާއްޖޭގައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރެޒިލިއަންސް ޕްލޭނިންގ އަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުން ޕްރޮމޯޓްކުރުމެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ ކައުންސިލްގެ ބައިވެރިވުމާއެކު އައްޑޫސިޓީގެ ދުސްތޫރީ ހުރިހާ ރަށެއްގެ އޯތޮމޮސައިކް މެޕްތަކާއި، ޑްރޯންތަކާއި، ތަމްރީނުތައް ވަނީ އައްޑޫ ސިޓީގައި ދިރިއުޅޭ އެމްއާރުސީގެ ވޮލަންޓިއަރުންނަށް ފޯރުކޮށްދީފައެވެ.

ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އިސްކަން ދީފައިވާ ފަދައިން، ކާރިސާތަކަށް ތައްޔާރުވުމާއި، މޫސުމަށް އަންނަ ބަދަލުތައް، ދައުލަތުގެ ސިޔާސަތުތަކާއި ރޭވުންތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި ބައްޓަންކުރަމުން އަންނަ އިރު، "ޑްރޯންސް ފޯ ރެޒިލިއަންސް" ޕްރޮޖެކްޓަކީ ޑޭޓާ އެއްކުރުމުގައި ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ދިރާގުން ބުނެއެވެ.

އަދި މި މަޝްރޫޢުގެ މަޤްޞަދަކީ އައްޑޫ ސިޓީގެ ރިސްކް އިންފޯމްޑް ޕްލޭނިންގ ހެދުމާއި އެވިޑެންސް ބޭސްޑް ކްލައިމެޓް އެކްޝަން ޕްލޭންތައް ހެދުމުގެ ޤާބިލުކަން އިތުރުކުރުމެވެ. ޑިޒާސްޓާ ރިސްކް އެސެސްމަންޓުގައި ބޭނުންކުރާނެ ރަށްތަކުގެ ތަފްސީލީ، ރިއަލް ޓައިމް މެޕްތައް ހެދުމަށް ޑްރޯން ތައް ހިމެނުމަށް އިސްކަން ދެއެވެ. އެއްކޮށްފައިވާ ޑޭޓާތަކުގެ ސަބަބުން ކާރިސާތަކަށް ތައްޔާރުވުމާއި ކާރިސާގެ ނުރައްކާ މެނޭޖްކުރުމަށް ލޯކަލް އޮތޯރިޓީތަކުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ދިރާގުން ދެކެއެވެ.

މި ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ޑްރޯން އާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން މި ޒަމާނުގައި ވަރަށް ބޮޑު ކަމަށާއި، އަޅުގަނޑުމެންގެ ރަށްރަށާއި ސިޓީތަކަށް ކުރިމަތިވެފައިވާ ޤައުމީ ގޮންޖެހުންތަކުން އަރައިގަތުމަށް، މި ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ޔޫއެންޑީޕީއާ ގުޅިގެން އައްޑޫ ސިޓީއަށް މި ޕްރޮޖެކްޓް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް އުފާކުރާ ކަމެއް ކަމަށާއި، ތިމާވެށި ޙިމާޔަތްކުރުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްގެ މައިގަނޑު ފޯކަސް ދާއިރާއެއް ކަމަށެވެ. އަދި އައްޑޫސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހައި ރިޒޮލިއުޝަން އަދި ފެންވަރު ރަނގަޅު އޯތޮމޮސައިކް ބޭސްލައިން ޑިޖިޓަލް މެޕްތަކާއި، މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދޭ އާލާތްތަކާއި ތަމްރީނާއި މަޢުލޫމާތު ލިބުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ނުރައްކާތަކަށް ރިއާޔަތްކޮށް، ޑޭޓާ ޑްރައިވިން ނިންމުންތައް ނިންމުމަށާއި ސިޓީގެ ތަރައްޤީގެ ޕްލޭންތަކަށް ރެޒިލިއަންސް ބިނާކުރުމަށް ބޭނުންކުރެވިދާނެ އަގުހުރި ވަސީލަތްތަކަކަށް ވެގެންދާނެކަން އިސްމާއިލް ރަޝީދު ފާހަގަކުރެއްވިއެވެ.

ޔޫއެންޑީޕީ، ދިރާގު، އެމްއާރްސީ، ލޯކަލް ކޮމިއުނިޓީ، ލޯކަލް ގަވަމެންޓް އަދި ޕްރައިވެޓް ސެކްޓާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ލޯކަލް ލެވެލްގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް ކާމިޔާބުވުމުގެ މިސާލެކެވެ.

ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަތުމަށް ޑްރޯންތައް ހަލުވިކަމާއި ފަސޭހަކަމާއެކު ބެހެއްޓިދާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށި ހަލާކުވުމުގެ ސަބަބުން ލިބޭ ގެއްލުމާއި ރަށްރަށުގެ ތެރޭގައި ހުންނަ ސޭފް ޒޯންތައް ފަދަ ހައި ރިސްކް ސަރަހައްދުތަކުގެ އެނަލިސިސް މި ޕްރޮޖެކްޓުގައި އެއްކުރި މައުލޫމާތުގެ އަލީގައި ކުރެވޭނެއެވެ. އަދި ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ އިނޮވޭޝަންތައް ލޭންޑް ޔޫސް ޕްލޭނިންގ، ގްރީން ޕްރޮޖެކްޓްސް އަދި ޔުޓިލިޓީ މެޕިންގ ފަދަ އެހެނިހެން ދާއިރާތަކަށްވެސް ބޭނުންކުރެވިދާނެއެވެ.