މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 202.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ ތިން ވަނަ ކުއާޓަރުގެ މާލީ ބަޔާނުގައި ވާގޮތުން، މި ކުއާޓަރުގައި އެކުންފުންޏަށް ލިލބިފައިވަނީ 627،409 ރުފިޔާއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އާޅާ ބަލާއިރު، އެއް އިންސައްތައިގެ ކުރިއެރުމެކެވެ. އެކުއާޓަރުގައި ލިބިފައިވަނީ، 618،806 ރުފިޔާއެެވެ.
މިކުއާޓަރުގައި ދިރާގަށް މޯބައިލް ރެވެނިއުގެ ގޮތުގައި 316،872 ރުފިޔާ ލިބިފައިވާއިރު، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތްތަކުން 291،376 ރުފިޔާ ލިބިފައިވެއެވެ. ތިންވަނަ ކުއާޓަރުގައި ދިރާގަށް ވިޔަފާރި ހިންގައިގެން ޖުމްލަ ފައިދާގެ ގޮތުގައި ދިރާގަށް 246،634 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް 237،985 ރުފިޔާ ލިބިފައިވާއިރު، މިދިޔަ ކުއާޓަރުގައި މި އަދަދު ހުރީ 256،439ގައެވެ.
ތިންވަނަ ކުއާޓަރު ނިމުނުއިރު ދިރާގަށް ލިބެންހުރި ފައިސާގެ އަދަދު އުޅެނީ 772.2 މިލިއަން ރުފިޔާގައެވެ. އަދި މި ކުއާޓަރު ނިމުނުއިރު އެހެން ވިޔަފާރިތަކަށް ދައްކަންޖެހޭ 705.5 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ބަހުރައިންގެ ބަޓެލްކޯ ގުރޫޕް 52 އިންސައްތަ ހިއްސާއާއި ދިވެހި ސަރުކާރުގެ 41.8 އިންސައްތަ ހިއްސާއާއި އާންމުންގެ 6.2 އިންސައްތަ ހިއްސާވާ ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުންޏެވެ.