ސްޓެލްކޯގައި ގާއިމުކުރަމުންދާ ޗައިލްޑް ކެއަރ ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ވަނީ ސަރުކާރުގެ އިސްނެގުމާއެކު އެ ކުންފުނީގައި ގާއިމުކުރަމުންދާ ޗައިލްޑް ކެއަރ ސެންޓަރގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ޑޭކެއާގެ ޚިދުމަތް އެ ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާއިރު ޑޭކެއާގެ ޚިދުމަތް ފޯރުކޮށްނުދެވިގެން އުޅެނީ މާލޭގެ ޖާގައިގެ ދަތިކަމާ ހުރެ ކަމަށް ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި އެފޯޑެބްލް ޑޭކެއާގެ ޚިދުމަތް ދޭނެ ތަނެއް ފޯރުކޮށްދޭނެ ތަނެއް ހޯދުމަށްޓަކައި މިނިސްޓްރީން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އެގޮތުން ޑޭކެއާގެ ޚިދުމަތްދިނުމަށް ފޯރުކޮށްދިނުމަށްޓަކައި މާލެއިން ބޭނުންވާ ޖާގަ ކަށަވަރުކޮށްދިނުމަށްޓަކައި 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކަމާގުޅޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދެވިފައި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާ ހުރެ ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމްކުރުމަށްޓަކައި މާލެއިން ޖާގައެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި ސަބަބުތަކާ ހުރެ އޭޝިއަން ޑިވޮލޮޕް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީން ފަށާފއިވާ ސްޓްރެންތިން ޖެންޑާ އިންކްލޫސިލް އިނިޝިއޭޓިވްސް ޕްރޮޖެކްޓުގައި ހިމަނައިގެން ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލޭގައި ތަނެއް ގާއިމްކުރުމަށްޓަކައި ކުރަމުން އައި މަސައްކަތްތައްވެސް ކުރިއަށްގެންދެވޭނެ މަގު ބަންދުވެ އެސްޖީއައިއައިގެ ޕްރޮޖެކްޓުން އެ މަސައްކަތް ވަނީ އުނިކޮށްފައި ކަމަށްވެސް މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވެއެވެ.