އެއްނަމެއް ކިޔާ 178 މީހުން އެއްތަނަކަށް ޖަމާވެގެން ގިންސް ވޯލްޑް ރެކޯޑެއް މުގުރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ހިރޯކަޒޫ ޓަނާކާ ނަމަކަށް ކިޔާ 178 މީހުންގެ ގްރޫޕެއް ޖަޕާނަށް އެއްވެ، ވަނީ ވޯލްޑް ރެކޭޑެއް މުގުރާލާފައެވެ.

މި 178 މީހުންނަކީ ފުރަތަމަ ނަމާއި ފަހު ނަންވެސް އެއްގޮތް މީހުންނެވެ.

ޓޯކިޔޯގެ ޝިބުޔާ ވޯޑުގައި 1994 ވަނަ އަހަރު އުފެއްދި "ސޭމް ނޭމް އެސޯސިއޭޝަން އޮފް ހިރޯކަޒޫ ޓަނާކަސް" އިން މި ރެކޯޑް ކާމިޔާބުކަމާއެކު ހަދާފައިވަނީ، މީގެކުރިން 2011 ވަނަ އަހަރާއި، 2017 ވަނަ އަހަރު ކުރި މަސައްކަތް ނާކާމިޔަބު ވުމަށް ފަހުގައެވެ.

2011 ވަނަ އަހަރު ކުރި މަސައްކަތުން އެ ނަން ޖަހާފައިވާ 71 މީހުން އެއްކޮށްފައިވާއިރު، 2017 ވަނަ އަހަރު ކުރި މަސައްކަތުން އެއްވީ އެންމެ 87 ހިރޯކަޒޫ ޓަނާކާ ނަމަކަށް ކިޔާމީހުންނެވެ.

"ސޭމް ނޭމް އެސޯސިއޭޝަން އޮފް ހިރޯކަޒޫ ޓަނާކަސް" ގިނިސް ވޯލްޑް ރެކޯޑް ނެގީ 2005 ވަނަ އަހަރު މާތާ ސްޓުވާޓް ނަމަކަށް ކިޔާ 164 މީހުންގެ އެއްވެގެން ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ.

އެ އެސޯސިއޭޝަންގެ ކޮންމެ މެމްބަރަކު ވެސް މި ހަރަކާތުގައި މަޝްހޫރުވެފައިވަނީ "ޗުއިންގަމް"، "ހޮޓް ޕޮޓް" އަދި "ޓްރަޔަތްލޯން" ފަދަ އެމީހުންގެ ފޭވަރިޓް ކެއުން ނުވަތަ ހޮބީއަށް ބިނާކޮށް ދެވިފައިވާ ވަނަމަކުންނެވެ.

މި ގްރޫޕް އުފެއްދީ "ސެމީ ލީޑަރ" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 53 އަހަރުގެ ހިރޯކަޒޫ ޓަނާކާއެވެ.