އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ވަޖީނިއާގެ ފުޑް ބޭންކަކުން 25،550 ދަޅުގެ ކާބޯތަކެތި "މައުންޓޭނިއާސް" މި ލަފުޒުގެ ސިފައަށް އަތުރައިގެން ގިނިސް ވޯލްޑް ރެކޯޑެއް މުގުރާލައިފިއެވެ.
ރިޕޯޓްތަށް ބުނާގުތުގައި، ޗާލްސްޓަންގެ "މައުންޓަން މިޝަން ފުޑް ބޭންކުން" ސްޓޭޓް ކެޕިޓަލް ބިލްޑިންގް ކުރިމަތީގައި އެންމެ ގިނައިން ޕެކެޓްކޮށްފައިވާ ފުޑް ވޯޑްގެ ރެކޯޑް މުގުރާލާފައިވާއިރު، އެ ސްޓޭޓްގެ ޖަވަނަރު ކަމަށްވާ ޖިމް ޖަސްޓިސް ވަނީ އެ ހަރަކާތުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ޕޯސްޓްކޮށްފައެވެ.
"މައުންޓޭނިއަރސް" މި ލަފުޒު ލިޔެފައިވަނީ 25،550 ދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކޮށްގެން، ގްރޭންޑް ރެޕިޑްސްގައި "ސްޕާޓަންނާޝް" ނަމަކަށް ކިޔާ އެމެރިކާގެ ކާބޯތަކެތި އުފައްދާ ކުންފުންޏަކުން މިދިޔަ ޖުލައި މަހު 5،791 ޕެކެޓްކޮށްފައިވާ ކާބޯތަކެތި ބޭނުންކޮށްގެން ހެދި ރެކޯޑް މުގުރާލައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގަވަނަރު ޖަސްޓިސް ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ބޭނުންކުރި ކާނާ ހަދިޔާކުރާނީ ވެސްޓް ވަޖީނިއާގެ އާއިލާތަކަށް ކާންދިނުމަށް އެހީވުމަށް ކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނީ، ރެކޯޑް ހެދުމަށް ބޭނުންކުރި ދަޅުތަކުގައި، ކާއެއްޗެހީގެ ބާވަތްކަމަށްވާ ސޫޕްއާއި، ތަރުކާރީގެ އިތުރުން މޭވާ ދަޅުތަށް ވެސް ހިމެނޭ ކަމަށެވެ.