ދެކުނު ބަންގާޅު ކަނޑުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކ އަތޮޅުންފެށިގެން ގދ އަތޮޅާއި ހަމައަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މިސަރަޙައްދުތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ލަފާކުރެއެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:15 އިން މެންދުރު 1:15 އަށެވެ.

ވީނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤަޢުމީ ޢިދާރާއިންބުނީ މާދަމާ މެންދުރުން ފެށިގެން މެދުރާއްޖެތެރެއާއި މާލެއިން ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެސަރަހައްދުގެ ކަނޑުތަށްވެސް ގަދަވާނެކަމަށާއި ކަނޑުތަކުގެ ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 6 ފޫޓާއިދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން މަޢުލޫމާތުދެއެވެ.

ކުރިއަށްއޮތް 3 ދުވަހުގެ މޫސުމަށް ބަލާއިރު މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭއިރު އުތުރާއިދެކުނަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވަނީ ބުނެފައެވެ.