އިނގިރޭސި ވިލާތުގެ ދެމަފިރިއަކު އެމްބިއުލާންސެއްގައި މިހާތަނަށް ކުރި އެންމެ ދިގު ދަތުރުކޮށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، "އީބޭއިން" އެމްބިއުލާންސެއް ގަނެގެން އެ އެމްބިއުލާންސްގައި އެންމެ ދިގު ދަތުރެއް ކުރި ވޯލްޑް ރެކޯޑް މުގުރާލަން މިދެމަފިރިން ކުރި މަސައްކަތް އަދި ރަސްމީކޮށް ގިނިސްއިން އިއުލާންކޮށްފައެއް ނުވެއެވެ.

މި ރެކޯޑް ހެދި ދެމަފިރިން ކަމަށްވާ ލޮރެންސް ޑޯޑީ އާއި ރެޗެލް ނިކްސަން ބުނި ގޮތުގައި މުޅި ދުނިޔޭގައި ދަތުރުކުރުމަށް އެދެމަފިރިން އެންމެ ފުރަތަމަ ހިޔާރުކުރީ "އާރްވީ" އެއް ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު "އީބޭއިން" އެންބިއުލަންސެއް ވިއްކަން ލާފައިވާތަން ފެނުމުން، "އާރްވީ" ގަތުމުގެ ހިޔާލު ދޫކޮށްލި ކަމަށްވެސް އެ ދެމަފިރިން ބުނެއެވެ.

އެ ދެމަފިރިން ބުނީ ވެހިކަލްގައި އިމަޖެންސީ ވެހިކަލަކާ އެއްގޮތަށް މެޑިކަލް ޓްރާންސްޕޯޓްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ އާލާތްތަކެއް އަދިވެސް ހުރި ކަމަށެވެ.

ނަމަވެސް ކަށްކާ ކެވޭގޮތަށް ކުޑަ އުނދުނަކާއި ފްރިޖަކަށް ޖާގަ ހެދުމަށް އެ ދެމަފިރިން ވަނީ އެންބިއުލާންސްގެ އިންޓީރިއާ އަލުން ތަރުތީބުކޮށްފަ ކަމަށް ވެސް އެދެމަފިރިން ބުނެއެވެ.

ޑޯޑީ އާއި ނިކްސަން މިހާރު ވަނީ ޔޫރަޕްގެ 24 ގައުމަކަށް ދަތުރުކޮށް 14،913 މޭލަށް ވުރެ ދިގު ރާސްތާއެއް ދަތުރުކޮށްފައެވެ.

އެ ދެމަފިރިން ބުނީ މި ރެކޯޑު ހެދުމުގެ މަސައްކަތުގައި، 50 ގައުމަށް ދަތުރުކުރުން އެއޯ އަމާޒެއް ކަމަށެވެ.