ދުއާއަކީ މިފެށޭ ޖުމްހޫރީ އަހަރަކީ ރައްޔިތުންނަށް ސުލުޙަމަސަލަސްކަން ލިބިދޭ އަހަރަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ 54 އަހަރު ފުރޭ 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރުމުގެ ގޮތުން ކުރި ޓްވީޓެއްގައެވެ.
ރާއިސްގެ ޓްވީޓްގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި މިފެށޭ ޖުމްހޫރީ އަހަރަކީވެސް، ހަމަޖެހުމާއި ސުލުޙަމަސަލަސްކަން އަދި ފާފާގަތިކަން ރައްޔިތުންނަށް ލިބިދޭ އަހަރެއް ކަމުގައި ލެއްވެވުން އެދި ދުޢާކުރައްވާފައެވެ.
ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް އައްސުލްޠާން މުޙަންމަދު ފަރީދުގެ ރަސްކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވި، 11 ނޮވެމްބަރު 1968ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް ނާޞިރު އިންތިޚާބު ކުރުމާއި ގުޅުވާފައެވެ.
ޖުމްހޫރީ ވެރިކަމަކީ ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. މިފަދަ ވެރިކަމުގެ ނިޒާމެއްގައި، ވެރިކަން ބިނާވެގެންދާނީ، ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން، ޢާއްމު ރައްޔިތުންގެ ގިނަ ބަޔަކު އެދޭގޮތަށެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެއްޔާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސް ދެއްވާ ޚާއްޞަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.