އިންގިރޭސިވިލާތައް ނިސްބަތްވާ 20 އަހަރުގެ ފިރިހެނަކު، 24 ގަޑިއިރުތެރޭގައި 6،931 ރިއުބްކްސް ކިއުބް ރާވައިގެން ގިނިސް ވޯލްޑް ރެކޯޑެއް މުގުރާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މިރެކޯޑް ހެދި ފަރާތްކަމަށްވާ ޖޯޖް ސްކޯލީ ވަނީ މި ރެކޯޑް ހެދުމުގެ މަސައްކަތް ލައިވް ސްޓްރީމްކޮށްފައެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ދުވަހާ ދިމާކޮށް 24 ގަޑިއިރުގެ ތެރޭގައި 6،931 ކިއުބް ހައްލުކޮށްގެން ހެދި މިރެކޯޑް ވަނީ، 2013 ވަނަ އަހަރު ކެނެޑާގެ އެރިކް ލައިމްބެކް ހެދި 5،800 ކިއުބް ހައްލުކުރުމުގެ ރެކޯޑް މުގުރާލައިފައެވެ.
ވޯލްޑް ކުބް އެސޯސިއޭޝަނުން ބުނީ، އިނގިރޭސިވިލާތުގެ އެންމެ ފަހުގެ "ކިއުބިން ޗެމްޕިއަން"އަކީ ޝޮލީ ކަމަށާއި ވޯލްޑް ކިއުބް އެސޯސިއޭޝަނުން ދުނިޔޭގެ އެންމެ މަތީ ރޭޓިންގެ "ސްޕީޑްކިއުބާ"ގެ ލިސްޓުގައި ވެސް ސްކޯލީ ހިމެނިފައިވާކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އަށް ދިން އިންޓަވިއުއެއްގައި ސްކޯލީ ބުނީ، ރެކޯޑް ހެދުމުގެ މަސައްކަތުގައި ދިނިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 12 ގަޑއިރު ހަމަކުރުން ކަމަށެވެ.
މީގެއިތުރިން 7،000 ރިބިކްސް ކިއުބް 24 ގަޑިއރުތެރޭގައި ހައްލު ނުކުރެވުމަކީ އޭނާ ދެރަވާ ކަމެއް ކަމަށްވެސް ސްކޯލީ ބުނެއެވެ. އެއީ ފަހުކޮޅުގަ 7000 ކިއުބްސްއާއި ގާތްކޮށް އެ ނަތީޖާއަށް ވާސިލްނުވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެއެވެ.