އިނގިރޭސިވިލާތުގެ ފިރިހެނެއްގެ ކަންފަތުގައި އިޔާބަޑެއްގެ ބައެއް ފަސް އަހަރުވަންދެން ތާށިވެފައި އޮތްކަން ހާމަވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އިނގިރޭސި ވިލާތުގެ ކައުންޓީއެއް ކަމަށްވާ ޑޮސެޓްއަށް ނިސްބަތްވާ ވޯލެންސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އަޑުއިވުމުގެ މައްސަލަތައް ތަހައްމަލުކޮށްފައެވެ.
އަދި ކަންފަތް ބީރުވެދާނެކަމުގެ ބިރުހީވުމުން ވޯލެންސް ވަނީ ހޯމް އެންޑޯސްކޮޕީ ކިޓެއް ބޭނުންކޮށްގެ ކަންފަތުގައި އުޅެނީ ކޮން މައްސަލައެއްތޯ ބަލަން މަސައްކަތްކޮށްފަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެންޑޯސްކޮޕީ ކިޓް ބޭނުންކޮށްގެން ބެލިބެލުމުން ވޯލެންސްގެ ކަންފަތްތެރޭގައި ކުޑަ ހުދު އެއްޗެއް އޮތުމުން، އެކަމާ ސަމާލުވެ ވޯލެންސް ވަނީ ކަންފަތާއި، ނެފަތް އަދި ކަރުތެރޭގެ (އީއެންޓީ) ހާއްސަ ޑޮކްޓަރަކަށް ދައްކާފައެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވޯލެންސް ބުނީ، މީގެ ފަސް އަހަރުކުރިން، އާއިލާއާއި ދިމާކުރަން އޮސްޓްރޭލިއާއަށް ދިޔައިރު، ފްލައިޓް ތެރޭގައި ބޭނުން ކުރުމަށް އެކި ކަހަލަ އެޓޭޗްމަންޓްތަށް ހުންނަ އިޔާ ބަޑެއް ގައިން ކަމަށެވެ. އަދި އޭރު ބޭނުންކުރި އިޔާ ބަޑްގެ ބައެއް ކަންފަތްތެރޭގައި އޭރުންސުރެށް ތާށިވެފައި އޮތްކަމަށް ވެސް ވޯލެންސް ބުނެއެވެ.
ޑޮކްޓަރަށް ދެއްކުމުން ޑޯކްޓަރު ވަނީ ވޯލެންސްގެ ކަންފަތުން އެ އިޔާ ބަޑް ނަގާފައި ކަމަށާއި، އެ ނެގުމުގެ ސަބަބުން މިހާރު ވޯލެންސްގެ ކަންފަތަށް މާރަނގަޅަށް އަޑުއިވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.