ފުޑް ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި ނަން މަޝްހޫރު "އޭޝިއާނާ" އިން އަހަރުގެ ބޮޑު ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ 10 ނޮވެމްބަރު ވީ ބުރާސްފަތި ދުވަހު ވީޓީވީގެ "ވާނުވާ" ޕްރޮގުރާމްގެ ތެރެއިން އިފްތިތާހްކުރެވި، 12 ނޮވެމްބަރު ވީ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން އައްޑޫ ސިޓީ، މާޅޭ ސިޓީ އަދި ހުޅުމާލޭގައި ހުންނަ އޭޝިއާނާގެ ރެސްޓޯރެންޓްގައި ކުރިއަށް ގެންދާނެއެވެ.

ހަމަ އެންމެ 499 ރުފިޔާއަށް ދޭ "އޭޝިއާނާގެ ބޮޑު ކޮމްބޯ ޕެކް"ގެ ކޮންމެ ޕެކެއް ބައްލަވައިގަތުމުން ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް ކޫޕަނެއް ލިބިލައްވާނެއެވެ. މި ޕްރޮމޯޝަންގެ ކޫޕަން ޓޭކްއަވޭ އަދި ޑެލިވަރީ ކަސްޓަމަރުންނަށް ވެސް ލިބިލައްވާނެއެވެ.

އޭޝިއާނާގެ ކޮމްބޯ ޕެކްތަކުގެ ތަފްސީލް

ކޫޕަން ހުށަހަޅާ ފާރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފުރަތަމަ ނަސީބުވެރިޔަކަށް ހިތްގައިމު "ހަމާ އެޗް ތްރީ" ކާރެއް ލިބިލައްވާނެއެވެ.

މި ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔަކަށް ދެ ބޭފުޅުންގެ އުމްރާ ދަތުރެއް އަދި ތިން ވަނަ ނަސީބުވެރިޔަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިތުރު ހަތް ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް އޭޝިއާނާ އިން ބުނެއެވެ.

ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކޫޕަން ދޫކުރެވެންދެން މި ޕްރޮމޯޝަން ކުރިއަށް ގެންދާނެއެވެ. ނަމަވެސް، ޕްރޮމޯޝަން ކުރިއަށް ދާނީ އެންމެ ގިނަ ވެގެން 6 މަސް ދުވަހަށް ކަމަށް އޭޝިއާނާ އިން ބުނެއެވެ.

ވީޓީވީގެ މޯނިން ޝޯވ "ވާނުވާ'އަކީ މި ފަހުން ޓީވީއަކުން ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގްރާމެވެ. ވީޓީވީގެ މަލާަފަތް ސްޓޫޑިއޯގައި ހަދާފައިވާ ޓޫޑީ ކެފޭއެއްގައި ކުރިއަށް ގެންދާ މި ޝޯވގެ އެންމެ މުހިންމު އެއް ސްޕޮންސަރަކީ އޭޝިއާނާއެވެ.