ދުނިޔެއިން ހަތަރުވަނައަށް ބަންދުމީހުން އެންމެ ގިނަ އެއް ޤައުމަކީ ރާއްޖޭގައިކަމަށް ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެންވި ދާޅުވީ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޢިމްރާން ވިދާޅުވީ ޢާބާދީގެ ނިސްބަތުން ބަދުމީހުން ގިނަވުމާއި ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއިކަމުގައެވެ. އަދި ކުށްކޮށްގެން ޖަލުބަންދުކުރާ މީހުންގެ ތެެރެއިން 65 އިންސައްތަ އާއި 70 އިންސައްތައާ ދެމެދުގެ މީހުން ޖަލު ބަންދުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ގުޅިފައިވާ މައްސަލަތަކުގައިކަންވެސް ޢިމްރާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކޮށްގެންނޫނީ އެއްކޮށް ރަނގަޅު ނުވާނެ ބައެއްކަން ފާހަގަކޮށް ޢިމްރާންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

1500 އާއި 2000އާ ދެމެދުގެ ކުށްވެރިން މިހާރުވެސް ޖަލުގަތިބިއިރު މިއަދަދު ހޯމްމިނިސްޓްރީގެ މިހާރުގެ ސިސްޓަމްތަކުން ރިހިބިލިޓޭޓްކޮށް ރީއިންޓަގުރޭޑް ކުރުމަކަށް ފުރުސަތެއް ނުދޭކަމަށް ޢިމްރާން ވިދާޅުވިއެވެ.

މިސަބަބާހުރެ އޯޕަން ޕްރިޒަންގެ ދަށުން ހުކުމުގެ މުއްދަތުގައި ބަންދުގައި ނުބަހައްޓައި ވަކި ސަރަހައްދުތަކަކަށް މި މީހުން ދޫކޮށްލައިގެ ވަޒީފާ އަދާކޮށް ޢާއްމްދަނީ ހޯދުމުގެ އިތުރުން އެމީހުންގެ ހުނަރު ތަރައްޤީކޮށްގެން ހުކުމް ނިންމާފައި ނިކުންނަ ބަޔަކަށް ވެއްޖެނަމަ ބަންދުމީހުންގެ އަދަދަށް ބޮޑު ބަދަލެއް ގެނެވިގެން ދާނެ. އަދި މިކަމުގެ ކޮންސެޕްޓާއި ޑިޒައިން މިހާރު ނިމިފައިވުމާއިއެކުވެސް މިކަމަށް ޢަމަލީ ސިފައެއް ނާންނަނީ ބަޖެޓްގެ ދަތިކަމާއި ހުރެ."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ މި ކޮންސެޕްޓް ވުޖޫދުވުމުން 500 އާއި 600އާ ދެމެދުގެ ޢަދަދެއްގެ ޤައިދީން އެތާގައި ބައިތިއްބައިގެން ފަރުވާއަށް ފަހު މުޖުތަމަޢުއަށް ނެރެވޭނެ ކަމަށެވެ.

މިއީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ވަރަށް އެކަށީގެންވާ ގޮތެއް ކަމަށާއި ރާއްޖޭގެ ސޯޝަލް ސެކްޓާރ ރަނގަޅުކުރުމަށް މިއީ ވަރަށް މުހިއްމު ކަމެއްކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.