ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން 2020 ވަނަ އަހަރު ނޮވެންބަރު މަހު ވަނީ އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ\ ފުރުސަތު ބީއެމްއެލްއިން މިހާރު މިވަނީ އަލުން ހުޅުވާލާފައެވެ. ލޯނަށް ލުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާއެކު [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ 6 އިންސައްތައިގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ.

އެޕްލިކޭޝަން އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.