ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި "ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން އިފްތިތާހުކޮށްފިއެވެ.

މިކަމާގުޅޭގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ހަސަން ޝާރިހް ވިދާޅުވީ، ފީފާ ވޯލްޑް ކަޕާއި ގުޅިގެން ދިރާގުގެ "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ކެމްޕެއިންގެ ޚާއްސަ ޕްރޮމޯޝަންތަކައި އޮފާރތަކުގެ ޒަރިއްޔާއިން އެކުންފުނިން ބޭނުންވަނީ އެ މުބާރާތް ރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭނުން ކަމަށް ވެސް ހަސަން ވިދާޅުވެއެވެ.

ދިރާގުން ކުރިއަށް ގެންދާ "ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން އެކުންފުނިން ދިރާގު ޚިދުމަތްތަކައި ގުޅުވައިގެން ބޮޑު ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެއެވެ.

އެގޮތުން "ޖެހީ ލިބުނީ ޖީބީގެ" ނަމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތަކުން ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ ލިބޭނެއެވެ.

މީގެއިތުރުން، "މެޖިކް ޑޭޓާ" ޕްރޮމޯޝަންގެ ދަށުން 350 ރުފިޔާއަށް 25ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ރެންޑަމްކޮށް 100 އިންސައްތައާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބޭއިރު، "ޑަބަލް ޑޭޓާ"ގެ ނަމަގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ކެމްޕެއިން މުއްދަތުގައި މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާރ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއްއަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓާރ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

"ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ޕްރޮމޯޝަންތަކާއިއެކު އެކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ރާއްޖޭގެ ހުރިހާ ފަރާތްތަކައި ހަމައަށް ގެނެސްދީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.