އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އަންހެނަކަށް އެންމެ ދިގު ފަޔެއް ހުންނަ މީހާގެ ގިންސް ވޯލްޑް ރެކޯޑް ލިބިއްޖެއެވެ.

ގިންސް ވޯލްޑް ރެކޯޑްސުން ތާނިޔާ ހޭބާޓް ނަމަކަށް ކިޔާ މި އަންހެން މީހާއަށް އެންމެ ދިގު ފައިތިލައެއް އޮތުމުގެ ރެކޯޑު ދީފައިވާއިރު، ތާނިޔާގެ ކަނާތު ފައިގެ ދިގުމިނުގައި 13.03 އިންޗި ހުރިއިރު ވާތު ފައިގެ ދިގުމިނުގައި 12.79 އިންޗި ހުއްޓެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ތާނިޔާއަކީ އެމެރިކާގެ ފައިވާން ސައިޒުން 18 ނަންބަރުގެ ފާއިވަނަށް އަރާ މީހެކެވެ. މީގެއިތުރުން، ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ކަމަށްވާ ރުމޭސާއާ އަޅާ ބަލާއިރު، ތާނިޔާގެ ދިގުމިން ހުންނަނީ އޭނާއަށް ވުރެ އެންމެ ތިން އިންޗި ކުުރުކޮށެވެ.

ދުނިޔޭގެ އެންމެ ދިގު އަންހެންމީހާގެ ލަގަބު ލިބިފައިވާ ތުރުކީވިލާތުގެ ރުމޭސާއަކީ ދިގުމިނުގައި ހަތް ފޫޓާއި 7 އިންޗި ހުންނަ މީހެކެވެ.

ގިނަސްއަށް ދިން އިންޓަވިއުއެއްގައި ތާނިޔާ ބުނީ، އެއްވެސް ފިހާރައަކުން އޭނާގެ ފަޔަށް އެކަށީގެންވާ ވަރުގެ ބޮޑު ފައިވާން އުފައްދާފައިނުވާތީ، އޭނާ ފައިވާން ގަންނަނީ އޮންލައިންކޮށް ކަމަށެވެ.

އަދި އޮންލައިކޮށް ގަންނަން ޖެހެނީ ފިރިހެނުންގެ ފައިވާން ކަމަށާއި، އެފައިވާން ގަތުމަށް ފަހު އަމިއްލަޔަށް އޭތި އަންހެން ފައިވާނަކާ ވައްތަރުކުރަން ކަސްޓަމައިޒް ކުރާ ކަމަށް ވެސް ތާނިޔާ ބުންޏެވެ.