އިނގިރޭސި ވިލާތުގެ އެއާލައިނެއް ކަމަށްވާ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށަން އެ އެއާލައިނުން ތައްޔާރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ އެއާލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.
މި ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ކަމަށްވާއިރު، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް އެއާލައިނުން ޓިކެޓު ވިއްކަން ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ފަށާ ސީދާ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާއަކު ތިން ދުވަހުއެވެ.
ދަތުުރުތަކުގައި ބޭނުންކުރާނީ ވާޖިން އެޓްލަންޓިކް އެއާވޭސްގެ ބޮއިންގް 787-9 މަރުކައިގެ ބޯޓުތަކެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް މިހާރުވެސް ސީދާ ދަތުރުތައް ކުރަމުންގެންދާއިރު، މިދަތުރުތައް މިހާރު ކުރަނީ ބްރިޓިޝް އެއާވޭސް އިންނެވެ.