"އާސްކް ސްޕީކާ"ގެ 6 ވަނަ ޕްރޮގްރާމް އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހާ ބެހޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ"ގެ 6 ވަނަ ޕްރޮގްރާމް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި މި ފަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު 14:15 ގައި ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ފަންގިފިލާގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މި ޕްރޮގްރާމު މަޖިލީހުގެ އިދާރާގައި ބާއްވަނީ ޓީވީއެމްގެ ބޮޑު ސްޓޫޑިއޯ ވޯލްޑްކަޕްގެ ޝޯއަށް ބޭނުންކުރާތީއާއި ދެން ހުރި ސްޓޫޑިއޯއަށް އާންމުން ވަންނާނެ ޖަގަނެތީމަ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މިފަހަރުގެ ޕްރޮގްރާމްވެސް ޕީއެސްއެމް އާއި މަޖިލީހާ ގުޅިގެން ކުރިއަށްގެންދާއިރު ރައީސް ނަޝީދަށް ސުވާލު ކުރަން ބޭނުންވާ އާންމުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ފޯނުން ވީޑިއޯ ކުރުމަށް ފަހު ނުވަތަ މެސެޖް މެދުވެރިކޮށް ސުވާލު ކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
އަދި ވަގުތުން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ފޮނުވަން އެ އިދާރާއިން ވަނީ އެދިފައެވެ.
އަދި، މީސް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތައް، ސުވާލު ޕޯސްޓުކޮށް AskSpeaker# ބޭނުންކުރެވުމަށް މަޖިލީހުން އެދެއެވެ.
މި ޕްރޮގްރާމަކީ އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ފަސް ވަނަ ޕްރޮގްރާމެވެ. "އާސްކް ސްޕީކަރ"ގެ އެޕިސޯޑެއް އެންމެ ފަހުން ބާއްވާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.