އާދީއްތަދުވަހު ގަތަރުގައި ފަށާ ފީފާ ވޯރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، މުބާރާތް ކާމިޔާބު ކުރާނެކަމަށް ނުވަތަ ކޮށްފާނެ ކަމަށް އެކިއެކި ގޮތްގޮތުން، އެކިއެކި މީހުން ލަފާކުރާ ޓީމުތައް ހާމަކުރުން މިދުވަސްވަރު ވަރަށް ގިނައެވެ.

ފާލުބަލާ މީހުންނާއި، ކަހީނުންގެ ވާހަކަތަކާއި، ލަފާކުރުންތަކާއި، ހީކުރުންތައް ވަރަށް ގިނައެވެ.

ކުރީގެ ވޯރލްޑް ކަޕެއްގައި ބޯވައެއްގެ ނިންމުންތައްވެސް ފެންމަތިވެގެން އައެވެ. ފަހުން، ޖަނަވާރު ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން މުބާރާތް ކާމިޔާބު ކުރާނެ ޓީމުތައް ލަފާކޮށް އަޑުތައް ފެތުނެވެ.

މިފަހަރު ގަތަރުގައި ބާއްވާ ވޯރލްޑް ކަޕާ ދިމާކޮށްވެސް މި ބާވަތުގެ ކަންކަން ހާމަކުރަމުން އެބަގެންދެއެވެ. މީގެ އަޑުތައް ގަދަވެގެންދާނީ މުބާރާތް ފެށުމުންނެވެ.

އޮކްސްފޯރޑް މެތެމެޓިކަލް މޮޑެލްއިން މިވަނީ، މިފަހަރުގެ ވޯރލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެބޮޑު 10 ޓީމު އިއުލާން ކޮށްފައެވެ.

އޮކްސްފޯރޑް މެތެމެޓިކަލް މޮޑެލްއިން ލަފާކުރާ ގޮތުގައި، މިފަހަރުގެ ވޯރލްޑް ކާމިޔާބު ކުރާނެ ކަމަށް އެންމެބޮޑަށް ގާތީ ބްރެޒިލްއެވެ. ނުވަތަ އެންމެ ފުރުސަތު ބޮޑީ ބްރެޒިލްއަށެވެ.

މި މޮޑެލް ތައްޔާރުކޮށްފައިވަނީ އޮކްސްފޯރޑް މެތެމެޓިކަލް ރިސާޗަރ ޖޯޝުއާ ބުލްއެވެ. އޭނާގެ ލަފާކުރުމުގައި، ބްރެޒިލްއަށް މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް 14.72 އިންސައްތަ ފުރުސަތު އެބައޮތެވެ.

މި މޮޑެލްގައި، މިފަހަރުގެ ވޯރލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެބޮޑު 10 ގައުމުވަނީ ލިސްޓުކޮށްފައެވެ.

ތިރީގައި މިވަނީ، ފުރުސަތު ބޮޑުކަމަށް ބުނާ 10 ގައުމާއި، އެ ގައުމުތަކަށް ވޯރލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތުއޮތް ކަމަށްބުނާ ނިސްބަތެވެ.

1. ބްރެޒިލް 14.72 އިންސައްތަ

2. އާޖެންޓީނާ 14.36 އިންސައްތަ

3. ނެދަރލޭންޑްސް 7.84 އިންސައްތަ

4. ސްޕެއިން 7.03 އިންސައްތަ

5. ފްރާންސް 6.37 އިންސައްތަ

6. ބެލްޖިއަމް 6.31 އިންސައްތަ

7. ޕޯޗުގަލް 5.60 އިންސައްތަ

8. ޑެންމާކް 4.94 އިންސައްތަ

9. ޖާރމަނީ 3.84 އިންސައްތަ

10. އުރުގުއޭ 3.55 އިންސައްތަ

އޮކްސްފޯރޑް މެތެމެޓިކަލް މޮޑެލް ތައްޔާރު ކޮށްފައިވަނީ 2018 ވަނަ އަހަރުން ފެށިގެން، ގައުމުތަކުގެ ގައުމީ ޓީމުތައް ކުޅެފައިވާ ގޭމްތަކާއި، ރޭޓިންގ ޑޭޓާތައް އެނަލައިޒްކުރުމަށް ފަހުގައެވެ.

މި އެނަލިސިސްއަށްފަހު ނެރުނު ލިސްޓުގައި، ވޯރލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް އެންމެ ފުރުސަތު 10 ގައުމު ހިމަނާފައިވާއިރު، މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަށް ފުރުސަތުއޮތް މިންވަރު ތަރުތީބު ކޮށްފައި ވެއެވެ. ތިރީގައި މިވަނީ އެ ތަރުތީބެވެ.

11. އިންގްލެންޑް

12. ކްރޮއޭޝިއާ

13. ސްވިޓްޒަރލޭންޑް

14. ސާބިއާ

15. އިކުއެޑޯރ

16. މެކްސިކޯ

17. ޕޯލެންޑް

18. އީރާން

19. އެމެރިކާ

20. ވޭލްސް

21. ޖަޕާން

22. ސައުތު ކޮރެއާ

23. މޮރޮކޯ

24. ކޮސްޓަ ރީކާ

25. ކެނެޑާ

26. ސެނެގާލް

27. ޓިއުނީޝިއާ

28. ގަތަރު

29. އޮސްޓްރޭލިއާ

30. ސައުދީ އަރަބިއްޔާ

31. ކެމަރޫން

32. ގާނާ