މިހާރު ކުރިޔަށްދާ މޯލްޑިވްސް ޓެނިސް ޗެލެންޖްގައި ރާއްޖެެއާއި މެލޭޝިއާ މިއަދު ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ރައީސް ބައްލަވަލައްވާފައިވާއިރު، މި މެޗްގައި ބައްދަލުކޮށްފައިވަނީ، ރާއްޖޭގެ ޒުވާން ޓެނިސް ތަރި ނަބާ ނިޝާން އާއި، މެލޭޝިއާގެ ލީން ލިމްއެވެ. މި މެޗް ކާމިޔާބުކޮށްފައިވަނީ ރާއްޖޭގެ ނަބާއެވެ.

ޖުމްލަ ހަ ގައުމަކާއެކު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ، ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީލަންކާއެވެ. މޯލްޑިވްސް ނޭޝަނަލް ޓެނިސް ސެންޓަރުގައި ކުރިޔަށްދާ މިމުބާާރާތުގައި 50އަށްވުރެ ގިނަ ކުޅުންތެރިން ކުޅޭނެއެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 15 އިން 21 އަށް މާލޭގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިން ބައިވެރިވެއެވެ. އަދި މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކުގެ އުއްމީދީ ޓެނިސް ތަރިންތަކެއް މި މުބާރާތުގައި ބައިވެރިވެއެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ބައިނަލްއަގްވާމީ ދެވަނަ މުބާރާތެވެ.