މިހާރު ކުރިއަށްދާ މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 ގައި ރާއްޖޭގެ ޓެނިސް ތަރި ނަބާ ނިޝާން އާއި މެލޭޝިއާގެ ލީން ލިމް ބައްދަލުކުރި މެޗުވެސް ނަބާ ކާމިޔާބުކޮށްފިއެވެ.

ނަބާ މިމެޗު ކާމިޔާބުކުރީ 2 ސެޓް އެއްސެޓުގެ ނަތީޖާއަކުންނެވެ.

ވަރަށް ވާދަވެރިކޮށް، ދެކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުމެއް ފިނިގެންދިޔަ މިމެޗު ނަބާ ކާމިޔާ ކޮށްފައިވަނީ (3-5)، (5-3) (ޓައިބްރޭކް 10-12) އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެއްގަޑައިރާ ސާޅީސް މިނިޓުގެ މިމެޗުގައި ފުރަތަތަ ސެޓް ފޭށީ ނަބާ ކުރީގައި އޮވެއެވެ. ނަމަވެސް ފަހަތުން އަރައި ލީން ލިމް ވަނީ 5-3 އިން ސެޓު ނަގާފައެވެ.

މެޗުގެ ދެވަނަސެޓު ލީން ލިމް 3 ގޭމް ކުރީގައި އޮވެ ސެޓު ނިންމަން ދަނިކޮށް ފަހަތުން އަރާ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ނަބާ ވަނީ 3-5 އިން ސެޓު ކާމިޔާބު ކޮށްފައެވެ.

މޯލްޑިވްސް ޓެނިސް ޖެލެންޖް 2022

ދެން ކުޅުނު ސެޓަކީ. ޓައި ވުމުން ފުރަތަމަ 10 ޕޮއިންޓް ލިބޭ ކުޅުންތެރިޔާ މޮޅުވާ ގޮތަށް ކުޅޭ ސެޓެއް ކަމުން މިސެޓް ފަށައިގެން ލީން ލިމް 8-3ގެ ބޮޑު ލީޑެއް އޮތްނަމަވެސް ނަބާ ހިތްވަރު އެލުވާނުލާ ދިން ވަރުގަދަ ފައިޓާއި އެކު ފަހަތުން އަރާ 9-9 އިން އެއް ހަމަކުރިއެވެ. އަދި ގޭމްގެ 10 ވަނަ ޕޮއިންޓް ލީން ލިމް ހަމަކުރި އިރު 2 ޕޮއިންޓް ފަރަގު ނެތުމުން އިތުރު ފޮއިންޓަށް ކުޅުނު ކުޅުމުގައި ނަބާ ވަނީ ފަހަތުން އަރާ މިސެޓް 10-12 އިން ނިންމައި މެޗުން މޮޅުވެފައެވެ.

މިމެޗުގައި ދިގު ރެލީތަކެއް ފެނިގެން ގޮސްފައިވެއެވެ. މިގޮތުން ފެނުނު ދިގު އެއްރެލީއަކީ ދޮޅު މިނެޓަށް ވިރެ އިތުރަށް ކުޅެވުނު ވަގުތުކޮޅެކެވެ. މިގޭމް ޕޮއިންޓު ނަބާ ނެގިއެވެ.

މިމުބަރާތުގައި މިހާތަނަށް ނަބާ ކުޅުނު 9 މެޗުން ވަނީ މޮޅުވެފައެވެ. އަދި ނަބާ ފާހަގަކުރެވެނީ މިމުބާރާތުގައި އަދި އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި އަންހެން ކުޅުންތެރިޔާގެ ގޮތުގައެވެ.

ނަބާއަށް ކާމިޔާބުވި މިމެޗާއެކު އޭނާއަށް ވަނީ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ.