ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ އޮފިޝަލް މެސްކޮޓް އާދީއްތަ ދުވަހުގެ ރޭ ދައްކާލައިފިއެވެ.

ލަޢީބްގެ ނަންދެވިފައިވާ މިމެސްކޮޓް ދައްކާލާފައި ވަނީ އާދީއްތަ ދުވަހުގެ ރޭގައި އޮތް ވޯލްޑް ކަޕް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ލަޢީބަކީ ޢަރަބި ނަމެކެވެ. ޢަރަބިބަހުގައި ލައީބްގެ މާނައަކީ އާދަޔާ ޚިލާފު ހުނަރުވެރި ކުޅުންތެރިޔާއެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރުމަށް ލަޢީބު ހިތްވަރު ދެއެވެ. ފުޓްބޯޅައިގެ އުފާވެރިކަން އެންމެންނަށް ގެނެސްދެއެވެ.

މުބާރާތުގެ މާކެޓިން ކަންކަމުގައި އިސްކޮށް އުޅުއްވާ ޚާލިދު އަލީ އަލް މައުލަވީ ވިދާޅުވީ މެދުއިރުމައްޗާއި ޢަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް މެސްކޮޓްގެ ގޮތުގައި ލަޢީބު ނެރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ލަޢީބު ރަމްޒުކޮށްދެނީ ޢަރަބި ސަޤާފަތް ކަމަށާއި ލަޢީބު ހިތްވަރު ދެނީ އަމިއްލަ ނަފުސަށް އިތުބާރާއި ޔަގީންކަން ބޭވުމަށް ކަމަށެވެ.

https://www.facebook.com/fifaworldcup/photos/pcb.6640439019305222/6640423852640072/
"އަހަންނަށް ޔަގީން ހުރިހާ ތަނަކުން ވެސް ސަޕޯޓަރުން މި މަޖާ އަދި ކުޅަދާނަ ކެރެކްޓާ ވަރަށް ކަމުދާނެ ކަން. ޤަތަރުގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާގައި ޅަޒުވާން އަދި ދުވަސްވީ ސަޕޯޓަރުން ބައިވެރިކުރާއިރު ލަޢީބް މުހިންމު ދައުރެއް އަދާކުރާނެ،"
ޚާލިދު އަލީ އަލް މައުލަވީ

ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ލަޢީބް ދައްކާލުމުން، ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ޚިޔާލުަތައް ފާޅުކުރަމުންނެވެ.

އާންމު ގޮތެއްގައި ފާޅުކޮށްފައި ހުރި ޚިޔާލުތަކަށް ބަލާއިރު ގިނަ ބަޔަކަށް ލަޢީބު ވަރަށް ކަމުހިނގައްޖެއެވެ. ބަައެއް މީހުން ބުނި ގޮތުގައި މިއީ ވޯލްޑް ކަޕެއްގައި މިހާތަނަށް ދުށް "އެންމެ ލޯބި މެސްކޮޓް" [އެވެ.

މިއީ އޭޝިއާ ބައްރުގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން 2002 ވަނަ އަހަރު ވަނީ ޖަޕާން އަދި ކޮރެއާ ގުޅިގެން ވޯލްޑް ކަޕް ބާއްވާފައެވެ. އަދި މިއީ ގަލްފް ސަރަަހައްދުގައި ވޯލްޑް ކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސްއެވެ. އަދި އެންމެ ކާމިޔާބު ޓީމަކީ ފަސްފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލްއެވެ.