ޤަތަރު ވޯލްޑް ކަޕް | 21 ނޮވެމްބަރު 2022 | ގުރޫޕް ބީގެ ދެ ވަނަ މެޗު: އެމެރިކާ އަދި ވޭލްސް

މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް 2022ގެ ގުރޫޕް ބީގެ ދެވަނަ މެޗު ހޯމަ ދުވަހުގެ ރޭ ކުޅެފައިވާއިރު 1-1ގެ ނަތީޖާއަކުން ވޭލްސް އަދި އެމެރިކާ އެއްވަރުވެގެން ނިމިއްޖެއެވެ. އަޙުމަދު ބިން ޢަލީ ސްޓޭޑިއަމްގައި، ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ކުރީގައި އޮތީ އެމެރިކާއެވެ.

މިއީ އެމެރިކާގެ 11 ވަނަ ވޯލްޑް ކަޕަށް ވާއިރު، ވޭލްސް އަށް މިއީ ދެވަނަ ވޯލްޑް ކަޕެވެ. މީގެކުރިން މިހާ ވާދަވެރި މުބާރާތެއްގައި މިދެ ޓީމުއެކީ މެޗެއް ކުޅެފައި ނުވެއެވެ. ވޭލްސް އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 1958 ވަނަ އަހަރު ސްވިޑެންގައެވެ. ސްވިޑެންގައި އޮތް އެމުބާރާތް ކުރިއަށް ދިޔައީ 8 ޖޫން އިން 29 ޖޫން 1958 އަށެވެ. އެއީ ފީފާއިން ބޭއްވި 6 ވަނަ ވޯލްޑް ކަޕްއެވެ.

ދެ ޓީމު އެއްވަރުވި މިމެޗުގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 35 ވަނަ މިނިޓުގައި ލިލީ އޮލިމްޕިކް ސްޕޯޓިން ކްލަބް (އެމްއޯއެސްސީ) އަދި އެޓީމުގެ ފޯވާޑް ޓިމޮތީ ވިއާއެވެ. އެ ލީޑްގައި އޮވެ، އެމެރިކާއިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައި މެޗުގެ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމުގެ ކެޕްޓަން ގެރެތު ބޭލް ވަނީ ވޭލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިޕެނަލްޓީ އެޓީމަށް ލިބުނީ އިދިކޮޅު ކުޅުންތެރިޔަކު ބޭލް އަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގެ ފުރިހަމަވަގުތުގެ ކުޅުމާއި އިތުރުވަގުތުގެ 9 މިނެޓުގެ ކުޅުން ނިމުނު އިރު ނަތީޖާއަށް ބަދަލެއް އިސްފައި ނުވެއެވެ.

ދެ ޓީމަށް ވެސް ލީޑް ނަގަން ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް، ގޯލަށް އަމާޒުވާ ގޮތް ނުވިއެވެ.

މިނަތީޖާއާއެކު ވޭލްސް އަދި އެމެރިކާ އޮތީ ޕޮއިންޓަކާއެކު ގުރޫޕް ބީގެ ދެވަނާގައެވެ. ހޯމަ ދުވަހުގެރޭ މިގުރޫޕްގައި ކުޅުނު އަނެއް މެޗުން މޮޅުވި އިންގުލޭންޑް އޮތީ ގުރޫޕްގެ އެއްވަނާގައެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ މިރޭ އިންގުލޭންޑް އަތުން ބަލިވި އީރާނެވެ.